Advertisement

އެސްޓީއޯ "ވޯލްޑް ކަޕް ފޯރި" ޕްރޮމޯޝަން ފަށައިފި - ބޮޑެތި އަދަދުތަކުން ޑިސްކައުންޓާއެކު މެލޭޝިއާ ދަތުރަކާއި އަގުހުރި އިނާމުތައް

02 Jun 2026 | 14:34
-

2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން "އެސްޓީއޯ ވޯލްޑް ކަޕް ފޯރި" ގެ ނަމުގައި ޚާއްޞަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ގިނަ ބްރޭންޑްތަކެއްގެ ޓީވީ އާއި ޕްރޮޖެކްޓަރުން %28 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. އޭގެ ތެރޭގައި ފިލިޕްސް އާއި އެލްޖީ ބްރޭންޑުގެ ޓީވީ އަދި އިންފޯކަސް ބޮކްސްލައިޓް ޕްރޮޖެކްޓަރ ހިމެނެއެވެ. މި ޕްރޮޑަކްޓްތަކުން 500ރ އިން މަތިން ވިޔަފާރިކޮށްގެން ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށާއި، ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ހޮވޭ ނަސީބުވެރި އެއް ފަރާތަކަށް ދެ ބޭފުޅުންގެ ފަސް ދުވަހުގެ މެލޭޝިއާ ދަތުރެއް ލިބޭނެއެވެ.

Advertisement

ރީޓެއިލް ކަސްޓަމަރުންގެ އިތުރުން ހޯލްސޭލް ކަސްޓަމަރުންނަށް ވެސް މި ޕްރޮމޯޝަނުން އަގުހުރި އިނާމުތަކެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންނަށް 3000ރ އިން މަތީގެ ވިޔަފާރިކޮށްގެން ބައިވެރިވެވޭ އިރު، ކޮންމެ 3000ރ ގެ އިންވޮއިސްއަކަށް ކޫޕަނެއް ލިބޭނެއެވެ. ހޯލްސޭލް ކަސްޓަމަރުންގެ ތެރެއިން ހޮވޭ ނަސީބުވެރި ތިން ފަރާތެއްގެ ތެރެއިން އެއް ވަނައަށް 30,000ރ، ދެ ވަނައަށް 20,000ރ އަދި ތިން ވަނައަށް 10,000ރ ގެ ޕްރޮޑަކްޓް ލިބޭނެއެވެ. މީގެ އިތުރުން ކޮންމެ ހަފުތާއަކު ވޯލްޑް ކަޕާ ގުޅޭ އެކި ހަރަކާތްތަކުން ތަފާތު އިނާމު ހޯދުމުގެ ފުރުޞަތު ވެސް ކަސްޓަމަރުންނަށް ލިބޭނެއެވެ.

މި ޕްރޮމޯޝަންގެ މައިގަނޑު މަޤްޞަދަކީ އާއިލާއާ އެކު އެއް މާހައުލެއްގައި ހިތްހަމަޖެހިލައިގެން ވޯލްޑް ކަޕް ބެލުމުގެ ފުރުޞަތު ހޯދައިދިނުމެވެ. ޕްރޮމޯޝަން ކުރިއަށްދާނީ 12 ޖުލައި 2026 ގެ ނިޔަލަށެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސް މާލެ އާއި ހުޅުމާލޭގެ އިތުރުން ރީޖަނަލް އައުޓްލެޓްތަކުގައި ވެސް މި ޕްރޮމޯޝަން ކުރިއަށްދާނެއެވެ.

Advertisement

ކޮމެންޓް