އެމްއެންޔޫގެ ޗައިނާ ބަހުގެ ކޯހަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ފެކަލްޓީ އޮފް އާރޓްސް އިން ހިންގާ "ޗައިނީޒް ލޭންގުއޭޖް ބޭސިކް" ކޯހުގައި ބައިވެރިވުމަށް ފޯމު ހުށަހެޅުމުގެ މުއްދަތު މޭ 31 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އިތުރުކޮށްފިއެވެ.
މިއީ ޗައިނާ ބަހުގެ އަސާސީ މަޢުލޫމާތާއި އާންމު ދިރިއުޅުމުގައި ބޭނުންކުރާ ބަސްމަގު ދަސްކޮށްދިނުމަށް ފަރުމާކޮށްފައިވާ ކޯހެކެވެ. ކޯސް ފެށެނީ ޖޫން ދޭއްގައެވެ. ކޯހުގެ މުއްދަތަކީ ޖޫން ދޭކުން ޖުލައި 23 އަށެވެ.
ކިޔަވައިދެނީ ފިޒިކަލްކޮށް ކިލާސްތަކަށް ހާޒިރުވެގެން، ކޮންމެ އާދިއްތަ، އަންގާރަ އަދި ބުރާސްފަތި ދުވަހެއްގެ ރޭގަނޑު 19:00 އިން 21:00 އަށެވެ. ބައިވެރިވެވެނީ 16 އަހަރުން މަތީގެ ފަރާތްތަކަށެވެ. ޖާގައިގެ ޢަދަދަކީ 30 އެވެ. ޖާގަ ދިނުމުގައި އިސްކަންދެވެނީ ފޯމު ހުށަހަޅާ ތަރުތީބުންނެވެ. ކޯސް ފީ އަކީ 2,250 ރުފިޔާއެވެ.