Advertisement

ބޮޑުތަކުރުފާނު މަގު: ނަރުދަމާ ނިމި، ފާރުތޮށި ކެޕިން ކުރިއަށް

02 Jun 2026 | 07:16
އަލަށް ހަދާ ސަރަހައްދު - ފޮޓޯ: އެމްޓީސީސީ

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފޭސްގެ 75 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި ސެގްމަންޓް ދޭއް، ތިނެއް އަދި ހަތަރެއްގެ މަސައްކަތް އެއްފަހަރާ ކުރިއަށްދާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

ނަރުދަމާ ނިޒާމު އަޕްގްރޭޑް ކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. ޕޭމަންޓް ހެދުމާއި، ޔުޓިލިޓީ ކަނެކްޝަންތަކާއި، ކޭބަލް ޓްރެންޗިން އާއި، ކާބް ސްޓޯން އާއި، ކެޗްޕިޓް އަދި ޕެނަލް ހަރުކުރުމުގެ މަސައްކަތް ކުރިއަށްދެއެވެ.

Advertisement

މި ހަފުތާ ތެރޭގައި ފާރުތޮށީގެ ކެޕިން ކޮންކްރީޓުގެ 130 މީޓަރަށް ވުރެ ދިގު ބައެއް ނިންމާނެ ކަމަށް ބެލެވެއެވެ. އަދި ފެން ހިންދާ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ވެސް ބާރަށް ކުރިއަށްދާ އިރު، ބާކީ ހުރި ޕަމްޕް ވެލް ހެދުމުގެ މަސައްކަތް މި މަހުގެ ދެ ވަނަ ހަފުތާ ތެރޭގައި ނިންމުމަށް އަމާޒު ހިފައިފައިވެއެވެ.

144 މިލިއަން ރުފިޔާގެ މި މަޝްރޫޢު 2025 ވަނަ އަހަރުގެ އެޕްރީލް ނުވައެއްގައި އެމްޓީސީސީ އާ ހަވާލުކޮށްފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން 830 މީޓަރުގެ މަގެއް ތާރު އަޅައިގެން ތަރައްޤީކޮށް، 737 މީޓަރުގެ ޝީޓް ޕައިލިން އާއި ފެން ހިންދާ ނިޒާމެއް ޤާއިމުކުރާނެއެވެ. ފުރަތަމަ ފޭސްގެ ދަށުން ލޯކަލް މާރުކޭޓް ސަރަޙައްދުން ފެށިގެން އިއްޒުއްދީން ފާލަން ކައިރިއަށް ހަތަރު ލޭނަށް ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ޑިސެންބަރު 2025 ގައި ނިމި ޢާންމުންނަށް ހުޅުވައިލައިފައިވެއެވެ. ދެ ވަނަ ފޭސްގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ދެމެދު 250 މީޓަރުގެ ބައި ފެބްރުއަރީ 2026 ގައި ނިމި ހުޅުވައިފައިވެއެވެ.

Advertisement

ކޮމެންޓް