ޢީދަށް ދަތުރުކުރަމުންދިޔަ "ރިލެކްސް އައިޝާ" ދިޔަވެ އަޑިއަށްދާން ފެށުމުން އެހީތެރިކަން ފޯރުކޮށްދީފި
މާލެއިން އއ. ތޮއްޑޫއަށް ދަތުރުކުރަމުން ދިޔަ "ރިލެކްސް އައިޝާ" ނަމަކަށް ކިޔާ ލޯންޗު ދިޔަވެ އަޑިއަށް ދާން ފެށުމުން، އެ އުޅަނދުން ދަތުރުކުރި 25 މީހުން ރައްކާތެރިކަމާ އެކު ސަލާމަތްކޮށްފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު 5:30 ހާއިރުއެވެ.
މެރިން ޕޮލިހުން ބުނީ މިއީ މޫސުން ގޯސް ދުވަސްވަރެއް ކަމުން، ކަނޑު ދަތުރުކުރާ ފަރާތްތަކުން ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ދަތުރުކުރުމަށް އިލްތިމާސްކުރާ ކަމަށެވެ.