Advertisement

އިޓަލީގެ ޑައިވަރުން ހޯދުމުގައި ހަރަކާތްތެރިވި ފުލުހުންނާ ވަޒީރު ބައްދަލުކުރައްވައިފި

25 May 2026 | 11:43
-

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑު ހޮހަޅައަށް ގެއްލުނު އިޓަލީގެ ޑައިވަރުން ހޯދުމަށް ކުރިއަށް ގެންދިޔަ ސާޗް އޮޕަރޭޝަންގައި ހަރަކާތްތެރިވި ފުލުހުންގެ ޑައިވަރުންނާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ބައްދަލުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ކޮމިޝަނަރގެ އޮފީހުގައެވެ. މީގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

މި ބައްދަލުވުމުގައި ވަޒީރު އިޙްސާން އާއި ކޮމިޝަނަރ ވަނީ ސާޗް އޮޕަރޭޝަންގައި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ މަސައްކަތުގައި ދެއްކެވި ހިތްވަރަށް ސާބަސް ދެއްވައިފައެވެ. އަދި ޢާންމު ރައްޔިތުންނަށް ޚިދުމަތް ކުރުމާއި ފުލުހުންގެ ޤާނޫނީ ވާޖިބު އަދާކުރުމުގައި ސާބިތުކަމާ އެކު ދެމިތިބުމަށް ހިތްވަރު ދެއްވިއެވެ.

Advertisement

ކޮމެންޓް