Advertisement

މިއީ އަވަށްޓެރިން ޙައްޖަށްދާތީ އެކަމާ ދެރަވެ ރޮވި، ޢާއިލާއަށް ނާންގާ ފައިސާ ރައްކާކޮށް މި އަހަރު ޙައްޖަށްދިޔަ ހަލީފާގެ ވާހަކަ

10 May 2026 | 18:26
-

އިންޑޮނީޝިޔާގެ ދެކުނު ސުލާވެސީގެ ގޮވާ އަށް ނިސްބަތްވާ ސްކޫލް ކެންޓީން ވިޔަފާރިވެރިޔާ ހަލީފާ، ފިރިމީހާ އާއި ދަރީންނަށް ވެސް ނާންގައި ހެދުންތަކުގެ ތެރޭ އެތައް އަހަރެއް ވާންދެން ފައިސާ ފޮރުވައި ރައްކާކޮށް، ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ދަތުރުކޮށްފިއެވެ.

ހަލީފާގެ ޢާއިލާގެ އެއްވެސް މީހެއް ދުވަހަކު ޙައްޖެއް ނުވެއެވެ. މައިންބަފައިން ވެސް ކާފަމާމައިން ވެސް ޙައްޖަށް ދެވޭނެ ތަނަވަސްކަމެއް ނުލިބުނީއެވެ. ނަމަވެސް ޒުވާން އިރުއްސުރެ ހަލީފާގެ ހިތުގައި ޙައްޖުގެ ޝައުޤުވެރިކަން އުފެދެމުން ދިޔައެވެ. އަވައްޓެރީން ޙައްޖަށް ދާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލެއެވެ. "ހިތަށް އަބަދު ތަދުވެ ރޮވޭ، ކޮންމެ ފަހަރަކު ހިތަށް އަރާ ކޮން ދުވަހަކުން ބާއޭ އަހަންނަށް ދެވޭނީ" މައްކާގެ ހޮޓެލުގައި އިނދެ ކިޔައިދިނެވެ.

Advertisement

ނަމަވެސް ދިރިއުޅުމުގެ ބުރަ ކަމުގެ ތެރޭގައި އަނތްބެއްގެ ރޯލާއި މަންމައެއްގެ ރޯލާއި ހަ ކާފަ ދަރިންގެ މާމައެއްގެ ރޯލުގައި ބުރަވެ އެ ހުވަފެން ފަހަތަށް ޖެހުނީއެވެ. އެހެނަސް ހިތުގެ ކަނެއްގައި ބޭއްވި އެ ހުވަފެނުގައި މިއަދު ކުލަ އެ ޖެއްސީ ސްކޫލް ކެންޓީނުން ލިބޭ ކުޑަ އާމްދަނީ އިން ކެއުމަށް ފަހު ބާކީވާ ފައިސާ ކޮޅު ހެދުންތަކުގެ ތެރެއަށް ލައި ފޮރުވައިގެންނެވެ. އެތައް އަހަރެއް ވާންދެން ސިއްރުން ރައްކާކުރީއެވެ.

"ސިއްރުން ރައްކާކުރަމުންދިޔައީ ހެދުންތަކުގެ ތެރޭގައި، ކެއުމުން ބާކީވާ ފައިސާ ކޮޅު އެއީ، ފިރިމީހާ އާއި ދަރީންނަށް އެނގިއްޖެ ނަމަ ގޭގެ ޚަރަދަށް ހޭދަވެ ހުސްވާނެ" ހަލީފާ ބުންޏެވެ.

2011 ވަނަ އަހަރުގެ ޖެނުއަރީ މަހު 25 މިލިއަން ރުޕީސް ހަމަވީއެވެ. އުމުރުން 45 އަހަރުގައި ކުރޮޅިއެއްގައި ބޭންކަށް ގޮސް ޙައްޖަށް ރަޖިސްޓްރީ ކުރީ އެއްވެސް މީހެއް ގާތު ނުބުނެއެވެ. 15 އަހަރު ކިޔޫގައި ހުރުމަށް ފަހު، ފުރުޞަތު ލިބުނީމާ ޢާއިލާ އެންމެން އެއްތަން ކޮށް ސިއްރު ހާމަކުރީއެވެ. ފިރިމީހާ، ދަރީން، ކާފަ ދަރިން ހައިރާންވެ ބަސް ހުއްޓުނެވެ. އެންމެން އުފަލުން ރޮއެ ހެދިކަމަށް ވެެއެވެ. ފުރި ދުވަހު އަވަށްޓެރީންނާއި ތިމާގެ މީހުން ގެއަށް ޖަމާވިއެވެ. 

ޢާއިލާގެ ތާރީޚުގައި ޙައްޖުވި ފުރަތަމަ މީހާގެ ގޮތުގައި ހަލީފާ މިހާރު އެހުރީ މައްކާގައެވެ.

Advertisement

ކޮމެންޓް