Advertisement

މިރޭގެ މޫސުން: ދެކުނާއި މެދުރާއްޖޭގެ ކަނޑުތައް ގަދަ - ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ

04 May 2026 | 18:17
މޫސުން ގޯސް ދުވަހެއްގައި އިރު އޮއްސެމުންދިޔަ ވަގުތު މާލޭ ފަޅަށް ވަންނާން ދަތުރުކުރަމުންދިޔަ ދޯންޏެއް - ފައިލް ފޮޓޯ: ދުވަސް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް، ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (މެޓް) އިން އެދިއްޖެއެވެ.

މެޓުން މިރެއަށް ނެރުނު މޫސުމާ ބެހޭ މަޢުލޫމާތުގައި ބުނެފައިވާ ގޮތުގައި އުތުރުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓުން ބުނެފައިވެއެވެ.

Advertisement

އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށާއި، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ. ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. ދެކުނާއި މެދުރާއްޖެތެރޭގެ ރާޅުގެ އުސްމިން ތިނެއް އާއި ހައެއް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރާ އިރު، އުތުރަށް ދޭއް އާއި ފަހެއް ފޫޓާ ދެމެދުގައި ހުންނާނެ ކަމަށް ބުނެފައިވެއެވެ.

Advertisement

ކޮމެންޓް