Advertisement

ސަހަރާ ހުރަސްކޮށް ފައިމަގުގައި މައްކާއަށް ވަންނަން އުޅުނު ފަސް މީހަކު ހައްޔަރު

04 May 2026 | 15:07
-

ޙައްޖު ހުއްދައެއް ނެތި ސަހަރާ ހުރަސްކޮށް ފައިމަގުގައި މައްކާ އަށް ވަންނަން މަސައްކަތްކުރި ފަސް މީހަކު ޙައްޖު ސެކިއުރިޓީ ފޯސް އިން ހައްޔަރުކޮށްފިއެވެ.

ޙައްޖު ގަވާއިދާ ޚިލާފަށް އެ ފަސް މީހުން މައްކާ އަށް ވަންނަން އުޅެނިކޮށް ހައްޔަރުކުރި އިރު، އޭގެ ތެރޭގައި ހިމެނެނީ އެކަކު ސައުދީ ޢަރަބިއާ ރައްޔިތެއް، ދެ މީހުން މިސްރުގެ ރައްޔިތުން، އަދި ދެ މީހުން ޔަމަން ރައްޔިތުންނެވެ. އެ ފަސް މީހުން ހައްޔަރުކޮށް ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފައެވެ.

Advertisement

ސައުދީގެ ޢާންމު ސަލާމަތާ ބެހޭ އިދާރާ އިން ވަނީ ޙައްޖުގެ ގަވާއިދުތަކާއި އިރުޝާދުތަކަށް ހުރިހާ ރައްޔިތުންނާއި ބިދޭސީން ބޯލެނބުމަށް ގޮވާލައިފައެވެ. އަދި ގަވާއިދާ ޚިލާފު ކަމެއް ފެނިއްޖެ ނަމަ މައްކާ، މަދީނާ، ރިޔާޛް އަދި އީސްޓާން ޕްރޮވިންސް ސަރަހައްދުތަކުން 911 އަށް، އެ ނޫން ސަރަހައްދުތަކުން 999 އަށް ގުޅައި ރިޕޯޓްކުރުމަށް ވެސް އެދިފައިވެއެވެ.

ހުއްދަ ނެތި މައްކާ އަށް ވަންނަ ފަރާތްތަކާ މެދު ސައުދީ ޢަރަބިއާ އިން ދަނީ ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. ގަވާއިދާ ޚިލާފުވާ ފަރާތްތަކުގެ އަތުން 20,000 ސައުދީ ރިޔާލާ އާ ހަމައަށް ޖޫރިމަނާ ކުރުމާ އެކު، ގަވާއިދާ ޚިލާފުވާ ބިދޭސީން ޑީޕޯޓްކޮށް 10 އަހަރު ދުވަހަށް ސައުދީ އަށް އެތެރެވުން މަނާކުރެވޭނެ ކަމަށް ދާޚިލީ ވުޒާރާ އިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް