Advertisement

ސޯޝަލް މީޑިއާގައި ޙައްޖު ޚިދުމަތޭ ކިޔައި އޮޅުވާލި އިންޑޯ ތިން މީހަކު ހައްޔަރުކޮށްފި

30 Apr 2026 | 05:10
ހައްޔަރުކުރި ތިން މީހުން - ފޮޓޯ: ސައުދީ ގެޒެޓް

ސޯޝަލް މީޑިއާގައި ހުއްދަ ނެތް ޙައްޖު ޚިދުމަތް ދޭ ކަމަށް އޮޅުވާލައިގެން އިޝްތިހާރުކުރި އިންޑޮނީޝިއާގެ ތިން ރައްޔިތަކު މައްކާ އިން ހައްޔަރުކޮށްފިއެވެ.

މައްކާގެ ސެކިއުރިޓީ ޕެޓްރޯލްތަކުން ހިންގި އޮޕަރޭޝަނުގައި އެ ތިން މީހުންގެ އަތުން ފައިސާ އާއި ކޮމްޕިއުޓަރު އިކުއިޕްމަންޓާއި ފޭކް ޙައްޖު އައިޑީ ކާޑުތައް ވަނީ އަތުލައިގެންފައެވެ. ހައްޔަރުކުރި ތިން މީހުން ގާނޫނީ ފިޔަވަޅު އެޅުމަށް ޕަބްލިކް ޕްރޮސިކިއުޝަނަށް ވަނީ ފޮނުވައިފައެވެ.

Advertisement

ޢާންމު ސަލާމަތާ ބެހޭ އިދާރާ އިން ވަނީ ހުރިހާ ފަރާތްތަކުން ޙައްޖުގެ ރަސްމީ ގަވާއިދުތަކާއި އިރުޝާދުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ގޮވާލައިފައެވެ. އަދި ގަވާއިދާ ޚިލާފު ކަމެއް ފެނިއްޖެ ނަމަ މައްކާ، މަދީނާ، ރިޔާޛް އަދި އީސްޓާން ޕްރޮވިންސް ސަރަހައްދުން 911 އަށް، އެ ނޫން ސަރަހައްދުތަކުން 999 އަށް ގުޅައި ރިޕޯޓްކުރުމަށް އެދިފައިވެއެވެ.

Advertisement

ކޮމެންޓް