Advertisement

ކުއްލި ޙަބަރު: މާލެ ކަސްޓޯޑިއަލްގައި ހުރި މީހަކު ހޭނެތިގެން ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށް ފުލުހުން ބުނެފި

25 Apr 2026 | 16:14
-

މާލެ ކަސްޓޯޑިއަލްގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި މީހަކު، އޭނާ ހުރި ގޮޅިތެރޭގައި ހޭނެތިފައި އޮއްވާ ފެނުމުން 24 އޭޕްރީލް 2026 ވީ ދުވަހުގެ މެންދުރު ވަގުތު އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.

ހޮސްޕިޓަލާ ހަވާލާދީ މައުލޫމާތު ލިބިފައިވާ ގޮތުގައި، އެ މީހާ ހޮސްޕިޓަލަށް ގެންދެވުނު އިރުވެސް ވަނީ މަރުވެފައެވެ.

Advertisement

މި ހާދިސާގައި ނިޔާވެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުކޮށްފައި ހުރި އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ބަންދުގައި ހުރީ ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ މައްސަލައެއްގައެވެ.

މި ހިތާމަވެރި ހާދިސާގެ ތަފްސީލުތައް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަދި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އާ މިހާރު ވަނީ ހިއްސާކުރެވިފައެވެ.

Advertisement

ކޮމެންޓް