Advertisement

ޑެންގޫގައި 17 އަހަރުގެ އަންހެން ދަރިވަރަކު ނިޔާވެއްޖެ

24 Apr 2026 | 01:23
-

ޑެންގޫ ހުން ޖެހިގެން މ. މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ 17 އަހަރުގެ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ. މި ޚަބަރު އެންމެ ފުރަތަމަ ރިޕޯޓުކޮށްފައިވަނީ އަދަދު ނޫހުން، އެ ހޮސްޕިޓަލާ ހަވާލާދީއެވެ. މި ކަން ދުވަހަށް ވެސް ވަނީ ކަށަވަރުކުރެވިފައެވެ.

ނިޔާވީ މުލީ ސްކޫލުގެ ގްރޭޑް 11 ގައި ކިޔަވަމުންދިޔަ ޢާއިޝަތު އަންޖަލް މުމްތާޒް އެވެ. ނިޔާވީ ބުރާސްފަތި ދުވަހުގެ ރޭ 10 ޖެހިކަންހާއިރުއެވެ.

Advertisement

އާއިލާއާ ހަވާލާދީ އަދަދުން ރިޕޯޓުކޮށްފައިވާ ގޮތުގައި ބަލިވެގެން މުލީ ހޮސްޕިޓަލުގައި އެޑްމިޓުކުރީ މި މަހުގެ 21 ވަނަ ދުވަހުއެވެ. ބުދަ ދުވަހުގެ ރޭ ދަންވަރު ހާލު ގޯސްވާން ފެށި ކަމަށާއި، ބުރާސްފަތި ދުވަހުގެ ރޭ ނުވައެއް ޖެހިއިރު އައިސީޔޫއަށް ބަދަލުކުރި ކަމަށް ވެއެވެ. ނަމަވެސް އައިސީޔޫއަށް ބަދަލުކުރިތާ ގަޑިއެއްވެސް ނުވަނީސް އަންޖުން ނިޔާވީއެވެ.

ރާއްޖޭގައި ޑެންގޫ ހުން ފެތުރޭ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަށް އިތުރުވެފައެވެ. މި މަހުގެ 13 ވަނަ ދުވަހު ވެސް ށ. މިލަންދޫގެ 22 އަހަރުގެ ޒުވާނަކު ވަނީ ޑެންގޫ ޖެހިގެން ނިޔާވެފައެވެ.

Advertisement

ކޮމެންޓް
ވަކީލު
ﷲ އަކްބަރް ! ހިތާމައިގެ ކޮޅެއްވެސް ނެތް. އެކުއްޖާއަށް ކީތިރި ﷲ ހެޔޮޖަޒާ ދެއްވާށި. އާމީން.
24 Apr 2026
ވެރީ ސެންސިޓިވް ކޮމެންޓް
ޚަބަރު ކަށަވަރު ވީމަ ނަން ވެސް ރަނގަޅަށް ކަށަވަރު ކޮށްލިނަމަ ރަނގަޅުވީސް.
24 Apr 2026