Advertisement

އަތޮޅު ކައުންސިލްތައް އުވާލުން ބާތިލުކުރަން އިސްލާހެއް ހުށަހަޅައިފި

21 Apr 2026 | 15:12
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަނީ /ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އަތޮޅު ކައުންސިލްތައް އުވާލުމަށް ގެނެސްފައިވާ އިސްލާހު ބާތިލުކުރުމަށް ގާނޫނުއަސާސީއަށް އިސްލާހެއް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުއްދޫސް) ހުށަހަޅުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެންބަރު މުހައްމަދު ވިދާޅުވީ، ވެރިކަން ހިންގުމުގެ މުހިންމު ބައެއް ކަމުގައިވާ އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމު ބަލިކަށިކޮށްލާނެ ކަމެއް ކަމަށެވެ. އެ ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ދިރާސާއެއް ނުވަތަ ރައްޔިތުންގެ ޚިޔާލެއް ހޯދުމެއް ނެތި ކަމަށާއި، އެއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހުށަހެޅުއްވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭ ގޮތުން ނެގި ފެންނަ ނުފެންނަ ވޯޓުގައި 68.74 އިންސައްތަ ރައްޔިތުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓު ދީފައިވާ ކަން ފާހަގަކުރައްވައި މެންބަރު މުހައްމަދު ވިދާޅުވީ "މި ނަތީޖާ ދައްކައިދެނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމަށް ރައީސް ހުށަހަޅުއްވާ ހުށަހެޅުއްވުންތަކަށް ރައްޔިތުން ތާއީދު ނުކުރާ ކަން" ކަމަށެވެ. އެހެންކަމުން އެ ނިންމުން އަލުން މުރާޖައާ ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމުގެ އިސްލާހު ތަސްދީގުކޮށްފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުއެވެ. އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުތަކުގެ ދަށުން 2000 އަށް ވުރެ މަދު އާބާދީ ހުރި ރަށްރަށުގެ ކައުންސިލަރުންގެ އަދަދު ތިނަކަށް އަދި ބޮޑެތި އާބާދީތަކުގެ ކައުންސިލަރުންގެ އަދަދު ފަހަކަށް ވަނީ މަދުކޮށްފައެވެ. މާލެ ސިޓީ ކައުންސިލް 16 މެންބަރުންނަށް އަދި ފުވައްމުލައް ސިޓީ ކައުންސިލް މޭޔަރާ އެކު 8 މެންބަރުންނަށް ވަނީ ކުޑަކޮށްފައެވެ. މި މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ކައުންސިލް މެންބަރުން އިންތިޚާބުކޮށްފައިވަނީ މި އައު އޮނިގަނޑުގެ ދަށުންނެވެ.

Advertisement

ކޮމެންޓް
އަލިބެ
އަތޮޅުކިޔާތީ އަތޮޅުކައުންސިލެއް އޮންނާކަށް ނުޖެހޭޔ، ރަށުކައުންސިލަށް ރަށްތައް ހިންގަން ދޫކޮށްބަލަ،
22 Apr 2026