Advertisement

އެމްއޭސީއެލްއިން މަސައްކަތް ނުކުރުވާ މުސާރަ ދޭ ކަމަށް ބުނާ މައްސަލަ މަޖިލީހަށް

21 Apr 2026 | 13:57
ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު /ފޮޓޯ: މަޖިލިސް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަޒީފާއަށް ނުނުކުންނަ ސިޔާސީ ފަރާތްތަކަށާއި ބައެއް ނޫސް އިދާރާތަކަށް ފައިސާ ބަހާ ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދުމަށް، އެ ކުންފުނީގެ މެނޭޖްމަންޓް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ވަނީ އެދިފައެވެ.

މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.

Advertisement

މިދިޔަ ބުދަ ދުވަހު މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް ހުށަހެޅި މި މައްސަލައިގައި ފާހަގަކޮށްފައިވާ ގޮތުގައި، މަސައްކަތަށް ހާޒިރުނުވާ ސިޔާސީ މުވައްޒަފުންނަށް މުސާރަ ދިނުމަށް އެމްއޭސީއެލްއިން މަހެއްގެ މައްޗަށް 2.4 މިލިއަން ރުފިޔާ ހޭދަކުރެއެވެ. ސޯޝަލް މީޑިއާގައި މިކަމާ ގުޅޭ ލިޔެކިޔުންތަކެއް އާންމުވެފައިވާއިރު، މިއީ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާއަށް އޮތް ކަމެއްކަން މެންބަރު ފާހަގަކުރެއްވިއެވެ.

މެންބަރު އަމީން ވިދާޅުވި ގޮތުގައި، މިއީ ހަމައެކަނި ސިޔާސީ މައްސަލައެއް ނޫން ކަމަށާއި، މިއީ ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެކެވެ. އަދި މިކަމަކީ ގާނޫނުއަސާސީއާއި، ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނާއި، މާލިއްޔަތު ގާނޫނުގެ އިތުރުން ވަޒީފާއާ ބެހޭ ގާނޫނާވެސް ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އޮތް ޑިމާންޑާ އެއްވަރަށް ހިދުމަތް ނުދެވޭއިރު، އިޝްތިހާރު ކުރުމަށް ބޮޑެތި ހަރަދުތަކެއް ކުރުމުގެ ބޭނުމެއް ނެތް ކަމަށްވެސް މައްސަލައިގައި ބަޔާންކޮށްފައިވެއެވެ.

އިޝްތިހާރު ކުރުމުގެ ނަމުގައި މާ ބޮޑު މަގުބޫލުކަމެއް ނެތް ބައެއް މީޑިއާތަކަށްވެސް ބޮޑެތި އަދަދުތަކުން ފައިސާ ދޭ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާ ނޫސްވެރިން ސުވާލުކުރުމުން، އެމަނިކުފާނު ވިދާޅުވީ އެމްއޭސީއެލްއަށް ބޮޑު މުސާރައިގައި ސިޔާސީ މުވައްޒަފުން އައްޔަންކޮށްފައިވާ ކަމުގެ މައުލޫމާތެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް، މަސައްކަތް ނުކުރާ ބަޔަކަށް ފައިސާ ދިނުމަކީ ކުންފުނީގެ ހަރަދު ބޮޑުވެ، ސަރުކާރަށް ލިބޭ ފައިދާ ނުވަތަ ޑިވިޑެންޑް މަދުވާނެ ކަމެއް ކަމަށް އަމީންގެ ހުށަހެޅުމުގައިވެއެވެ.

ދައުލަތުގެ މާލިއްޔާއަށް ލިބިދާނެ ގެއްލުންތަކަށް ބަލައި، އެމްއޭސީއެލްގެ އިސްވެރިން މަޖިލީހަށް ހާޒިރުކޮށް މިކަމުގެ ހަގީގަތް ހާމަކުރުމަކީ މެންބަރު އަމީން ފައިސަލްގެ މައިގަނޑު އެދުމެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަޒީފާއަށް ނުނުކުންނަ ސިޔާސީ ފަރާތްތަކަށާއި ބައެއް ނޫސް އިދާރާތަކަށް ފައިސާ ބަހާ ކަމަށް ބުނާ މައްސަލައިގެ ހަގީގަތް ހޯދުމަށް، އެ ކުންފުނީގެ މެނޭޖްމަންޓް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް މިއަދު ވަނީ އެދިފައެވެ. މި މައްސަލަ މަޖިލީހުގެ ސަމާލުކަމަށް ގެންނެވީ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލެވެ.

ކޮމެންޓް