Advertisement

ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ކިނބުލެއް ސިފައިންނާ ހަވާލުކޮށްފި

18 Apr 2026 | 13:50
ޅ.އަތޮޅު ފަޅުރަށަކުން ފެނުނު ކިނބޫ /ފޮޓޯ: އެމްއެންޑީއެފް

ޅ.އަތޮޅުގެ ފަޅުރަށަކުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފިއެވެ.

މި ކިނބޫ ފެނިފައިވަނީ އެ އަތޮޅުގެ ފަޅުރަށެއް ކަމަށްވާ ދިއްދޫއަށް ދިޔަ ބަޔަކަށެވެ.

Advertisement

ދިގުމިނުގައި 5 ފޫޓު ހުރި މި ކިނބޫ ފެނިފައިވަނީ ޑިންގީއެއްގައި އެ ރަށަށް ދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުއެވެ. ކިނބޫ ފެނުމާއެކު އެ މީހުން ވަނީ ކިނބޫ ހިފައިގެން ޅ. ނައިފަރަށް ގެންގޮސްފައެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު ހެނދުނު 10:51 ހާއިރުއެވެ.

މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ވަނީ ހާބަރކްރާފްޓްގައި ނައިފަރަށް ގޮސްފައެވެ. އަދި އެ ކިނބޫ މިހާރު ވަނީ ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް، ޅ. މާފިލާފުއްޓަށް ގެންގޮސްފައެވެ.

Advertisement

ކޮމެންޓް