Advertisement

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް 24 ގަޑިއިރު ޚިދުމަތް ދިނުމަށް "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ" އުފައްދަވައިފި

16 Apr 2026 | 20:54
ވަޒީރުންގެ އައު މަޖިލިސް އިޢުލާނުކުރެއްވި ދުވަހު ރައީސް މުޢިއްޒު - ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުށަހެޅުމަށްޓަކައި 24 ގަޑިއިރު ޚިދުމަތް ދޭ "ސިޓިޒަންސް ކޮމްޕްލެއިންޓްސް ބިއުރޯ"ގެ ނަމުގައި އޮފީހެއް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އުފައްދަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ގާއިމުކުރެއްވި މި ބިއުރޯގެ ޢަމަލީ މަސައްކަތްތައް ފެށޭނީ މި އަހަރުގެ މެދު ތެރޭގައެވެ. ބިއުރޯ ފެއްޓެވުމަށްޓަކައި ހަމަޖައްސަވަންޖެހޭ އިދާރީ އިންތިޒާމުތަކާއި، މުވައްޒަފުން ހޯއްދެވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.

Advertisement

މި ބިއުރޯގެ މައިގަނޑު މަސްއޫލިއްޔަތަކީ އެކިއެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ރައްޔިތުން ހުށަހަޅާ ޝަކުވާތައް، ޑިޖިޓަލް ސިސްޓަމެއްގެ ތެރެއިން މެނޭޖުކޮށް، އެ ޝަކުވާތަކާ ބެހޭގޮތުން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ޖަވާބު ދިނުމެވެ. ބިއުރޯގެ ބައެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތްދޭ ކޯލް ސެންޓަރެއް ވެސް ގާއިމު ކުރެވޭނެއެވެ.

މި ބިއުރޯ ގާއިމު ކުރައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާން ކުރެއްވީ، މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން، ފެބުރުވަރީ މަހުގެ 5 ވަނަ ދުވަހުއެވެ.

Advertisement

ކޮމެންޓް