Advertisement

ހުޅުމާލޭގައި ވެލްނަސް ސެންޓަރަކާއި ބުކްޝޮޕެއް ހިންގާނެ ފަރާތެއް ހޯދަން އެޗްޑީސީން ހުޅުވާލައިފި

16 Apr 2026 | 13:21
ރީތިގަސް ކޮމާޝަލް ބިލްޑިންގ /ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ރީތިގަސް ކޮމާޝަލް ސަރަހައްދުގައި ވެލްނަސް ސެންޓަރެއްގެ އިތުރުން ފޮތް ވިއްކާ ފިހާރައެއް ހުޅުވައި ހިންގާނެ ބަޔަކު ހޯދަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

އެ ކުންފުނިން ހާމަކުރި ގޮތުގައި މިކަމަށް ޝައުގުވެރިވާ ފަރާތްތަކަކީ އެފަދަ ވިޔަފާރިތައް ހިންގުމުގެ ތަޖުރިބާ އާއި ގާބިލުކަން ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެއެވެ.

Advertisement

ވެލްނަސް ސެންޓަރު ގާއިމުކުރުމަށް ހަމަޖެހިފައިވަނީ 1,931.07 އަކަފޫޓުގެ ޖާގައެއްގައެވެ. މި މަޝްރޫއާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީ-ޕްރޮޕޯސަލް ބައްދަލުވުން މި މަހުގެ 21 ގައި ޒޫމް މެދުވެރިކޮށް ކުރިއަށްދާއިރު، އަންނަ މެއި މަހުގެ 7 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

ބުކްޝޮޕް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން މި މަހުގެ 19 ވަނަ ދުވަހަށް ތާވަލުކޮށްފައިވާއިރު، އެކަމުގެ ޕްރޮޕޯސަލް ހުށަހަޅަންޖެހެނީ މެއި މަހުގެ 5 ވަނަ ދުވަހުއެވެ. މި ޕްރޮޕޯސަލްތައް ބަލައިގަތުމާއި ކެނޑުމުގެ ކަންކަން އެޗްޑީސީ ބިލްޑިންގުގެ އެގްޒިބިޝަން ސެންޓަރުގައި ކުރިއަށްދާއިރު، ކޮންމެ ހުށަހެޅުމަކާއެކު ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

Advertisement

ކޮމެންޓް