Advertisement

ފަހި ފްލެޓްސްތަކުގެ ޓެނެންޓުންނަށް އުރީދޫ އެއަރ ފައިބާ ހިލޭ ލިބިގެންދާ ޕްރޮމޯޝަނެއް ކުރިއަށް - އަމާން ފްލެޓްސްތައް ކައިރީގައި އުރީދޫ ޑެސްކްތައް ހުންނާނެ

13 Apr 2026 | 18:12
-

ހުޅުމާލޭގެ ފަހި ދިރިއުޅުން ފްލެޓްތަކުގައި ފައިބާ ކޭބަލް އެޅިފައި ނެތުމުން ދިމާވާ މުވާސަލާތީ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، އެ ފްލެޓްތަކުގެ ޓެނެންޓުންނަށް އެއާ ފައިބާ ޑިވައިސް ހިލޭ ލިބޭ ޕްރޮމޯޝަނެއް އުރީދޫން ފަށައިފިއެވެ.

އެއާ ފައިބާ އަކީ ހަމައެކަނި ކަރަންޓަށް ގުޅާލައިގެން ވައިފައި ލިބޭ ޑިވައިސެކެވެ. އާންމުކޮށް 3،999 ރުފިޔާއަށް ވިއްކާ މި ޑިވައިސް، ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތަކުގެ ރައްޔިތުންނަށް މި ޕްރޮމޯޝަންގެ ދަށުން މުޅިން ހިލޭ ދޫކުރެއެވެ. އެންމެ ކުޑަ ޕެކޭޖުން ވެސް 100 އެމްބީޕީއެސްގެ ސްޕީޑް ލިބިގެންދާނެއެވެ.

Advertisement

މީގެ އިތުރުން އުރީދޫގެ ރީތި ނަންބަރުތައް ޕޯސްޓްޕެއިޑް ޕެކޭޖެއްގެ ދަށުން ދޫކުރާ ކަމަށާއި، އެ ޕެކޭޖާ އެކު އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރަކަށް ވުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް އުރީދޫން ބުނެއެވެ. އެހެން ނެޓްވޯކް ބޭނުންކުރާ ފަރާތްތަކަށް ވެސް އުރީދޫއަށް ބަދަލުކޮށްލެވޭނެއެވެ.

އުރީދޫ އެޕް މެދުވެރިކޮށް އެމް-ފައިސާ އިން 50 ރުފިޔާއިން މަތީގެ ޕެޓްރޯލް ގަނެގެން 20 ރުފިޔާގެ ޑިސްކައުންޓެއް ވެސް ލިބެއެވެ.

ފަހި ދިރިއުޅުން ފްލެޓްތަކުގެ ޓެނެންޓުންނަށް ދިމާވާ މުވާސަލާތީ ދަތިތަކަށް ހައްލު ހޯދުމަށް، ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އުރީދޫން ވަނީ އަމާން ޓަވަރުތައް ކައިރީގައި މަޢުލޫމާތުދޭ ޑެސްކްތައް ޤާއިމުކޮށްފައެވެ. މި ޑެސްކްތައް ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ހުންނާނެއެވެ. އެއާ ފައިބާއަށް އެޕްލައިކުރަން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓް މެދުވެރިކޮށް ފޯމެއް ފުރާލައިގެން ވެސް އެޕްލައިކޮށްލެވޭނެއެވެ. އެޕްލައިކުރާތާ 24 ގަޑިއިރު ތެރޭގައި އޭޖެންޓެއް ގޮސް ޑިވައިސް ސެޓަޕް ކޮށްދޭނެއެވެ.

Advertisement

ކޮމެންޓް