Advertisement

އިހަވަންދޫގެ މައި ފެން ހޮޅި ފަޅައިގެން ގޮސް މުޅި ރަށުން ފެން ކެނޑިއްޖެ

13 Apr 2026 | 11:11
ފެނަކަ އިހަވަންދޫ ބްރާންޗް /ފޮޓޯ: އިހަވަންދޫ.ކޮމް

ހއ. އިހަވަންދޫގެ ފެނުގެ މައި ނެޓްވޯކަށް ދިމާވި ފަންނީ މައްސަލައެއްގެ ސަބަބުން ރޭ ދަންވަރުން ފެށިގެން މުޅި ރަށުން ފެނުގެ ޚިދުމަތް ކެނޑިއްޖެއެވެ.

އިހަވަންދޫ.ކޮމް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފެން ފޯރުކޮށްދޭ މައި ހޮޅިއެއް ފަޅައިގެން ދިއުމާ ގުޅިގެން ރޭ ދަންވަރު 2:30 އިން ފެށިގެން ޚިދުމަތް ވަނީ މެދުކެނޑިފައެވެ. އެ ރަށުގައި ފެނުގެ ޚިދުމަތް ދެމުން ގެންދާ ފެނަކަ ކޯޕަރޭޝަނުން ވަނީ މި މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ޚިދުމަތް އަލުން ދިނުމަށް ޓެކްނިކަލް ޓީމުން މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގެ ޔަގީންކަން ދީފައެވެ.

Advertisement

އިހަވަންދޫގެ ގިނަ ގޭބިސީތަކުން ފެންވެރުމަށް ސަޕްލައި ފެން ބޭނުންކުރާ މިންވަރު މަދު ނަމަވެސް، ކެއްކުމަށާއި ބޯފެން ފިލްޓަރު ކުރުމަށް އާންމުކޮށް ބޭނުންކުރަނީ މި ފެން ކަމުން، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް ޚިދުމަތް އަލުން ފެށޭނެ ސީދާ ވަގުތެއް ފެނަކައިން އަދި ހާމައެއް ނުކުރެއެވެ.

Advertisement

ކޮމެންޓް