Advertisement

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް ފުލެޓަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިސްލާހުކުރަނީ

12 Apr 2026 | 14:08
ޑރ. އަބްދުﷲ މުއްޠަލިބު

ސަރުކާރުގެ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ކުރިމަތިލުމުގެ ޝަރުޠުތަކަށް ބަދަލު ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

މި ބަދަލާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބަދަލުގައި އެ ފަރާތްތަކުގެ ބެލެނިވެރިންނަށް ވެސް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

Advertisement

މިކަމާ ގުޅޭގޮތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ޝަރުޠުތައް އިސްލާޙުކޮށް، ވަކިން ފުލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީން ހުޅުވާލިއިރު، އެފަރާތްތަކުގެ ބަދަލުގައި ބެލެނިވެރިންނަށް ކުރިމަތިލެވޭ ގޮތަށް އުސޫލު އިޞްލާޙުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށެވެ.

މި އިސްލާހަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޯހިޔާވަހިކަން ހޯދައިދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ މަގުސަދުގައި ގެނެވޭ ބަދަލެކެވެ. މީގެ ކުރިން އޮތް ގޮތުން ބައެއް ހާލަތްތަކުގައި ބެލެނިވެރިންނަށް ކުރިމަތިލުމުގައި ހުރަސްތަކެއް ހުރިކަން ފާހަގަކުރެވިފައިވެއެވެ.

މިނިސްޓްރީން މިހާރު ކުރަމުންދާ މަސައްކަތަކީ މި ޕްރޮގްރާމުގެ ދަށުން ވީހާވެސް ގިނަ ބަޔަކަށް ފަސޭހަކަމާއެކު ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އުސޫލަށް ގެނެވޭ މި އިސްލާހާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އާއިލާތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Advertisement

ކޮމެންޓް