ނިކީ ތަމްބޯލީ ރާއްޖޭގައި
އިންޑިއާގެ މަޝްހޫރު ރިއަލިޓީ ޝޯ ތަރި އަދި ބަތަލާ ނިކީ ތަމްބޯލީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ. ބ. އަތޮޅުގައި ހިންގާ އަވާނީ ޕްލަސް ފާރެސް މޯލްޑިވްސް ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުންދާ ނިކީ ވަނީ އެ ރިސޯޓުގެ ގޮނޑުދޮށާއި ކަނޑުގެ ހިތްގައިމު މަންޒަރުތަކުގެ ފޮޓޯތައް އިންސްޓަގްރާމުގައި ހިއްސާކޮށްފައެވެ.
ނިކީ ތަމްބޯލީ އަކީ 1996 ވަނަ އަހަރު އިންޑިއާގެ މަހާރާޝްޓްރާގެ އައުރަންގާބާދަށް އުފަން ބަތަލާއެކެވެ. މޮޑެލެއްގެ ގޮތުގައި ކެރިއަރު ފެށި ނިކީ ފިލްމީ ދާއިރާއަށް ނުކުތީ 2019 ވަނަ އަހަރު ތެލެގޫ ފިލްމު "ޗިކަޓީ ގަޑިލޯ ޗިތަކޮޓޫޑޫ" އިންނެވެ. ހަމަ އެ އަހަރު ތަމިލް ފިލްމު "ކަންޗާނާ 3" ގައި ވެސް ނިކީ ހަރަކާތްތެރިވިއެވެ.
ނިކީ އެންމެ ބޮޑު މަޤުބޫލުކަމެއް ހޯދީ ބިގް ބޮސް 14 ގައި ބައިވެރިވެ ދެވަނަ ރަނަރަޕްގެ މަގާމު ހޯދައިގެންނެވެ. އޭގެ ފަހުން ފިއާ ފެކްޓާ: ޚަތުރޯން ކޭ ޚިލާޅީ 11، ބިގް ބޮސް މަރާޓީ ފަސް ވަނަ ސީޒަން، އަދި ސެލެބްރިޓީ މާސްޓާޝެފް އިންޑިއާ ފަދަ ޝޯތަކުން ފެނިގެން ގޮސްފައިވެއެވެ. ސެލެބްރިޓީ މާސްޓާޝެފްގައި ނިކީ ވަނީ ފުރަތަމަ ރަނަރަޕްގެ މަގާމު ހޯދައިފައެވެ. 2026 ވަނަ އަހަރު ނިކީ ވަނީ ކަލާޒް ޓީވީގެ ރިއަލިޓީ ޝޯ "ދަ 50" ގައި ވެސް ބައިވެރިވެފައެވެ.
އިންސްޓަގްރާމުގައި ހަ މިލިއަން ފޮލޯވަރުން ތިބި ނިކީގެ ރާއްޖޭގެ ޗުއްޓީގެ ފޮޓޯތަކަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ.