Advertisement

ސިނަމާލެ ބްރިޖް ދަށުގައި ބަޔަކު ދިރިއުޅެނީ !

27 Mar 2026 | 09:57
-

ސިނަމާލޭ ބްރިޖް ދަށުގައި ބިދޭސީންތަކެއް ނިދާ ހަދާކަން ދުވަހަށް އެނގިއްޖެއެވެ.

ދުވަހުން ބެލި ބެލުމުން ބްރިޖް ދަށުގައި ދެމީހަކު ނުވަތަ ތިން މީހަކު ނިދާ ހަދާކަމަށް ބެލެވެއެވެ. އެ މީހުން އެ ތާނގައި ނިދަން ބޭނުންކުރާ ތަންމައްޗާއި ބާލީހުގެ ގޮތުގައި ބޭނުންކުރާ ތަކެއްޗާއި މަދިރީގެ އުނދަގުލުން ސަލާމަތްވުމަށް މަދިރި ދުންދަނޑި ބޭނުންކުރާ ކަން ބްރިޖް ދަށުން ފެނުނު މަންޒަރުތަކުން ދުވަހަށް ކަށަވަރު ކުރެވިފައިވެއެވެ.

Advertisement

ދުވަހުގެ ނޫސްވެރިންނަށް މިކަން އެންމެ ފުރަތަމަ ފާހަގަކުރެވުނީ ނިމިދިޔަ ހަފުތާގެ ބުދަ ދުވަހުގައެވެ. ބްރިޖްގެ ދަށަށް ނުވަދެވޭހެން ހަރުކޮށްފައިވާ ފެންސް ހަލާކުކޮށްލާފައިވާކަން އެ ދުވަހު ފާހަގަކުރެވުނެވެ.

ބްރިޖް ދަށަށް ވަދެވޭ ފެންސް ހަލާކުކޮށްލާފައި 

މިއަދު ފަތިހު ދުވަހުގެ ނޫސްވެރިން އެކަން ކަށަވަރު ކުރުމަށް ދިޔައިރު އެއިން އެކަކު ބްރިޖްގެ ދަށުން އަރިމަތިން އޯޕަން އޭރިއާ ޖާގައެއްގައި ގަދަ ނިދީގައި އޮތެވެ. ބެލެވޭގޮތުގައި މިއަދު ބިދޭސީ އެމީހާ އެތާނގައި އޮތީ މި ދުވަސްވަރަކީ އިންތިހާ ހޫނުގަދަ ދުވަސްވަރެއްކަމުން ބްރިޖްގެ ދަށުން އެތެރޭގައި ކެތްކުރަން އުނދަގޫވާނެތީއެވެ. ދުވަހުގެ ނޫސްވެރިންވެސް ބްރިޖްގެ ދަށުން އެތެރޭގައި ހޭދަކުރި ތިރީހަކަށް ސިކުންތުންވެސް ހޫނު އިންތިހާއަށް ގަދަކަން ފާހަގަކުރެވުނެވެ.

ބްރިޖް ދަށް - 

އާންމުގޮތެއްގައި އެފަދަ ތަންތަނުގައި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ނޭއްގާނީ ކަންކަން ހިންގާކަމުގެ ކަންބޮޑުވުން އޮތް ނަމަވެސް ބްރިޖް ދަށުގައި އެފަދަ ކަމެއް ކުރާ ކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ. ބޮޑަށް ބެލެވެނީ މާލެ ސަރަހައްދުގައި އުޅޭ ބައެއް ބިދޭސީން ނިދުމަށް ބްރިޖްގެ ދަށް ބޭނުން ކުރަނީ ކަމަށެވެ.

ބްރިޖް ދަށުގައި ނިދާފައި - 

ބްރިޖް ދަށުގައި ނިދަން އޮތް މީހާގެ ފައިވާން - 

ބްރިޖް ދަށުގައި ތައްޔާރުކޮށްފައިވާ ތަންމަތި - 

މަދިރި ދުންދަނޑި ސްޓޭންޑް - 

Advertisement

ކޮމެންޓް