Advertisement

ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރާ އެމްޑީޕީ ކެންޑިޑޭޓަށް ތާއީދުކުރާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް: ރައީސް މުޢިއްޒު

11 Mar 2026 | 15:25
ރައީސް މިއަދު މީޑިއާއަށް އިންޓަވިއު ދެއްވަނީ -

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ހުޅުމާލޭ ދެކުނު ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ތާއީދުކުރައްވަނީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓަށް ކަމަށް ބުނެ ފެތުރޭ ވާހަކަ ރައީސް ދޮގުކުރައްވައިފިއެވެ.

ރައީސް އެ ވާހަކަ ދޮގުކުރެއްވީ މިއަދު ރައީސް މުޢިއްޒާއެކު އެ ދާއިރާގައި ޕީއެންސީއިން ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިންނެވެ.

Advertisement

މީޑިއާއަށް މަޢުލޫމާތުދެއްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް އެކަނި ކަމަށާއި މިނިވަން ވިޔަސް އެމްޑީޕީ ވިޔަސް އެހެން ކެންޑިޑޭޓަކަށް ތާއީދެއް ނޯންނާނެ ކަމަށެވެ.

"ޖުމްލަކޮށްވެސް ކައުންސިލް އިންތިޚާބުގަ އަޅުގަނޑުގެ ތާއީދު އޮންނާނީ ޕީއެންސީގެ ކެންޑިޑޭޓަށް، އަޅުގަނޑަކީ ޕާޓީގެ ނިޒާމު ގަބޫލުކުރާ މީހެއް، އަޅުގަނޑު ބޭނުންވަނީ އަޅުގަނޑުގެ ޕާޓީއަށް ކުރިއެރުން، ދޫންޏަށް ވޯޓުދޭން ބޭނުންވަނީ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ދާއިރާއިން އެފަދަ ވާހަކަތެއްގެ އަޑު މިއަދު އިވިގެން ގޮސްފައިވާކަމަށެވެ.

Advertisement

ކޮމެންޓް