ހުޅުމާލެ ތިންވަނަ ފިޔަވަހީގައި 1000 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން އިޢުލާނުކޮށްފި - ފުރުސަތު ހަމަ އެކަނި ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް
ހުޅުމާލެ ތިންވަނަ ފިޔަވަހީގެ 1000 ހައުސިންގ ޔުނިޓް އެޅުމުގެ ފުރުޞަތު ދިވެހި ކުންފުނިތަކަށް ހުޅުވާލައިފި
ހުޅުމާލެ ތިންވަނަ ފިޔަވަހީގައި "އެފޯޑަބަލް ހޯމް އޯނަޝިޕް" މޮޑެލްއަށް ތަރައްޤީކުރާ 1000 ހައުސިންގ ޔުނިޓް ޑިޒައިންކޮށް އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން، ސައްތައިން ސައްތަ ދިވެހި ހިއްސާ އޮންނަ ކުންފުނިތަކަށް ޚާއްޞަކޮށް ހުޅުވާލައިފިއެވެ.
މި މަޝްރޫޢުގައި ބައިވެރިވާން ޝައުޤުވެރިވާ ކުންފުނިތަކުން އަންނަ މާޗު މަހުގެ 23 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށަހެޅުމަށް ވަނީ ހުޅުވާލައިފައެވެ. އަދި އިތުރު މަޢުލޫމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ އަށްވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް ވަނީ އެދިފައެވެ.
އިންފްރާސްޓްރަކްޗާ ވުޒާރާއިން ބުނީ މި ފުރުޞަތު ހަމައެކަނި ދިވެހި ކުންފުނިތަކަށް ހުޅުވާލީ ތަރައްޤީގެ މަސައްކަތްތަކުގައި ދިވެހި ކުންފުނިތަކުގެ ޙިއްޞާ އިތުރުކޮށް، އެ ކުންފުނިތަކަށް ކުރިއެރުމުގެ ފުރުޞަތު ހޯދައިދިނުމުގެ ގޮތުން ކަމަށެވެ.