ދިރާގު ގުޑިފެސްޓް މާދަމާ އުސްފަސްގަނޑުގައި
ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ (ހުކުރު ދުވަހު) ހަވީރު 5:00 އިން 6:00 އަށް މާލޭ އުސްފަސްގަންޑު ސަރަހައްދުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ދިރާގުން ބުނެފިއެވެ.
ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ކުރިއަށްގެންދާ މި ހަރަކާތުގައި ބައިވެރިވާ ކޮންމެ ކުއްޖަކަށް ދިރާގުގެ ފަރާތުން ހިލޭ ގުޑިއެއް ލިބޭނެއެވެ. މި އަހަރު ވެސް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުޑިފެސްޓް ކުރިއަށްދާނެ ކަމަށް ދިރާގުން ބުނެއެވެ.
ދިރާގު ގުޑިފެސްޓަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ކުދިން އަހުލުވެރި ކުރުވުމުގެ ގޮތުން 2023 ވަނަ އަހަރު ދިރާގުން ފެށި ހަރަކާތެކެވެ. ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ތަފާތު ހަރަކާތްތައް ބާއްވަމުންނެވެ.