މި ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް "ރަމަޟާން މަހުގެ މަތިވެރިކަން" މިރޭ
މި ރަމަޟާންމަހުގެ ފުރަތަމަ އިޙްޔާ ފޯރަމް "ރަމަޟާން މަހުގެ މަތިވެރިކަން" މިރޭ އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިރޭ އޮންނަ ފޯރަމްގެ މަޢުޟޫއަކީ "ރަމަޟާން މަހުގެ މަތިވެރިކަން" މިއެވެ. މިރޭގެ ފޯރަމްގައި ތަޤުރީރުކުރައްވާނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. އަދި އެ ފޯރަމް ފަށާނީ 21:30 ގައެވެ.މިއަހަރުގެ ރަމަޟާން މަހު މާލޭގައި 8 އަދި އަތޮޅުތެރޭގައި 10 އިޙްޔާ ފޯރަމް ބޭއްވުމަށް އިސްލާމިކް މިނިސްޓްރީން ވަނީ ހަމަޖައްސާފައެވެ.
މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައިވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.