Advertisement

މާލޭގެ 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ: މިނިސްޓަރު

18 Feb 2026 | 23:11
އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

މި ރަމަޟާން މަހުގައި މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ އިސްލާމިކް މިނިސްޓްރީގެ މީޑިއާ ގްރޫޕަށް މިރޭ ފޮނުއްވި މެސެޖެއްގައެވެ.

Advertisement

މި ރޯދަމަހަށް ސަލްމާން މިސްކިތް އޭސީ މައްސަލަ ހައްލުވެ 15 މިސްކިތް ހުޅުވި، ރޯދަ މަސް ތެރޭ ވެސް ބައެއް ތަންތަން ހުޅުވޭނެ ކަމަށާއި ޖުމުލަ 19 މިސްކިތް ހުޅުވިގެންދާނެ ކަމަށެވެ.

އޭގެ ތެރޭގައި އަމިއްލަ ފަރާތްތަކާއި ސަރުކާރުން ބިނާކުރި މިސްކިތްތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި މި ރޯދަމަހަށް މާލެ ސިޓީ 800 މީހުންނަށް ވުރެ ގިނަ މީހުން ނަމާދުކުރާ މިސްކިތްތައް ފިރިހެނުންނާއި އަންހެނުންގެ ނަމާދުކުރާ ބައިތައް އޭސީ ކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ރޯދަމަހު އަތޮޅުތަކުގައި 10 ރަށެއްގައި އިޙުޔާ ފޯރަމް ބޭއްވޭނެ ކަމަށާއި( މިއީ އަތޮޅުތަކުގަ އެންމެ ގިނަ ފޯރަމް ބޭއްވޭ އަހަރު) އަދި މިއީ އެންމެ ގިނަ ހާފިޒުން ދަސްވެނިވާ އަހަރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ހަމައެހެންމެ ޤުރުއާން ޓީޗަރުންނެތް 10 ރަށަށް ރާއްޖެއިން ބޭރުން ޓީޗަރުން ގެނެސް ޤުރުއާން މަރުކަޒުގެ 10 ގޮތްޕަކަށް އިއްޔެ 10 ޓީޗަރުން ފޮނުވާފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ރޯދަމަހު އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ދިވެހި ހާފިޒުން އިމާމުވެ ތަރާވީސްކުރާނެ ކަމަށާއި އަތޮޅުތަކުގެ އިސްލާމީ މަރުކަޒުތަކަށް ބޭރުން ހާފިޒުން ގެނެސްފައިވާ ކަމަށެވެ.

"މާލެ ސިޓީގައި 24 މިސްކިތެެއްގައި ދިވެހި ޒުވާން ހާފިޒުން އިމާމުވެ ތަރާވީސް ކުރާނެ.އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތުގައި ރޯދަަަ މަހު 3 ވަނަ ހުކުރު ޒުވާން ޚަޠީބުން އިމާމުވެ ހުކުރު ކުރާނެ." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އީދު ނަމާދުގެ ބޮޑު ޖަމާޢަތުގައި ވެސް ޒުވާނުން އިމާމުވެ ނަމާދު ކުރާނެ ކަމަށެވެ.

Advertisement

ކޮމެންޓް