Advertisement

ރަމަޟާން މަހުގެ ބިލު 400 ރުފިޔާއަށް ވުރެ ބޮޑެއް ނުވާނެ: ސްޓެލްކޯ

15 Feb 2026 | 13:35
މާލޭގައި ހުންނަ ސްޓެލްކޯގެ ހެޑް އޮފީސް -

ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި، މާދަމާއިން ފެށިގެން ރީޑިން ނަގަން ފަށާނެ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.  

ސްޓެލްކޯ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ކަރަންޓު ބިލު 400 ރުފިޔާއަށްވުރެ ބޮޑު ނުވާނެހެން ޑިސްކައުންޓް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ. މި ނިންމެވުމާ އެއްގޮތަށް ރަމަޟާން މަހަށް ވަކި ބިލެއް ތައްޔާރުކުރުމަށްޓަކައި ރީޑިން ނެގުމުގެ މަސައްކަތް 16 ފެބުރުއަރީ 2026 އަދި 17 ވަނަ ދުވަހު ކުރިއަށްދާނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.

Advertisement

 ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ދިމާވާ މާލީ ދަތިތަކަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށްޓަކައި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭސް ދިނުމާއި، ކަރަންޓު އަދި ފެން ބިލުން ޑިސްކައުންޓުތަކެއް ދިނުމަށް ވެސް ރައީސް ވަނީ ނިންމަވައިފައެވެ.

މިދިޔަ އަހަރުގެ ރަމަޟާން މަހުގައި ވެސް ސަރުކާރުން ވަނީ ކަރަންޓު ބިލާއި ފެން ބިލުން ޑިސްކައުންޓް ދީފައެވެ. އެ ފަހަރު ޑިސްކައުންޓް ދިނުމަށްޓަކައި ސަރުކާރުން 130 މިލިޔަން ރުފިޔާ ހަރަދު ކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިފަހަރުގެ މި ނިންމެވުމަކީ ވެސް ރޯދަ މަހު އާންމުކޮށް ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާ ގުޅިގެން ބިލުތައް ބޮޑުވުމުން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ކުޑަކުރުމަށް އެޅި ފިޔަވަޅެކެވެ.

Advertisement

ކޮމެންޓް
އައްޑޫކުއްޖާ
ދެން ޖެހިގެން އަންނަ މަހު އޭގެ ޑަބަލް އަރުވާލާތި. ހުސް ވަގާއި މަކަރު
15 Feb 2026