Advertisement

މި 5 އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގައި އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ

14 Feb 2026 | 12:25
.

މި ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާޢީލް ޝަރީފް ވިދާޅުވެއްޖެއެވެ.

ސްޓޭޓް މިނިސްޓަރު އިސްމާއިލް ޝަރީފް މިހެން ވިދާޅުވީ ޕީއެސްއެމްނިއުސްގެ ރިޔާސީ ބަޔާން ޕޮޑްކާސްޓްގައި ވާހަކަދައްކަވަމުންނެވެ.

Advertisement

އެ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓޭޓް މިނިސްޓަރު ވިދާޅުވީ މި ފަސް އަހަރު ނިމިގެންދާއިރު ރާއްޖޭގެ ޞިއްޙީ ނިޒާމުގައި ޢުމްރާނީގޮތުން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދާނެ ކަމަށާއި މިހާރުވެސް ގިނަ ހޮސްޕިޓަލްތަކެއްގެ މަސައްކަތް އެކި މަރުޙަލާގައި ކުރެވެމުންދާ ކަމަށެވެ. 

މި އަހަރުގެ ތެރޭގައިވެސް ބައެއް ހޮސްޕިޓަލްތައް ހުޅުވިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ."އެގޮތުން މިއަހަރުގެ ތެރޭގައި 6 ހޮސްޕިޓަލެއްގެ މަސައްކަތް ނިމި ބޭނުންކުރަން ފެށޭނެކަމަށް މިބަލަނީ." ސްޓޭޓް މިނިސްޓަރު ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ، މި އަހަރުގެ ތެރޭގައި ހއ.ހޯރަފުށި، ނ.ކެނދިކުޅުދޫ، ރ.ދުވާފަރު، ބ.ތުޅާދޫ، ޅ.ހިންނަވަރު، ކ.ގުރައިދޫގެ ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަސައްކަތް ނިމިގެންދާނެ ކަމަށެވެ.

Advertisement

ކޮމެންޓް