Advertisement

"ބޭބީބިއޯ" ގެ އިންފެންޓް ފޯމިއުލާގެ ބެޗުތަކަކުން ޖަރާސީމު ފެނިގެން ވިއްކުންް މަނާކޮށްފި

08 Feb 2026 | 13:37
.

ކުޑަކުދިންނަށް ދޭ ކިރުގެ ބާވަތެއްކަމުގައިވާ ބޭބީބަޔޯއިން ވިހަ މާއްދާއެއް ފެނިފައިވާތީ އެ ބާވަތުގެ ކިރު ރާއްޖެއަށް އެތެރެ ކުރުމާއި ބޭނުން ކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން މަނާކޮށްފިއެވެ.

ފްރާންސްގައި އުފައްދާ މި އުފެއްދުމާއި ގުޅޭގޮތުން އެމްއެފްޑީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާ ބައެއް ބެޗްތަކުން "ސެރެއުލައިޑް" ކިޔާ ވިހަ މާއްދާއެއް ފެނިފައިވާ ކަަމަށާއި "ސެރެއުލައިޑް" އަކީ "ބެސިލަސް ސިރިއަސް" ޖަރާސީމު އުފައްދާ ވިހަ މާއްދާއެއް ކަމަށެވެ.އަދި އެ މާއްދާއިން ތަޣައްޔަރުވެފައިވާ އެއްޗެއް ބޭނުންކުރެވިއްޖެ ނަމަ މޭނުބައިކޮށް ހޮޑުލައި ބަނޑުގައި ރިއްސުން ފަދަ އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެފްޑީއޭ އިން ބުނެފައި ވެއެވެ.

Advertisement

އެހެންކަމުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި ނުވިއްކުމަށް އަދި ނައްތާލުމަށް ފްރާންސްގެ ކަމާބެހޭ އިދާރާއިން އަންގާފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) ގައި އާންމުކޮށްފައިވާ ކަމަށް އެމައެފްޑީއޭ އިން ބުނެފައި ވެއެެވެ.

އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭބީ ބަޔޯ އޮޕްޓިމާ އެކެއްގެ ތިން ބެޗަކާއި ބޭބީ ބަޔާގެ ކެޕްރިއާ އެކެއްގެ އެއް ބެޗް ރާއްޖެއަށް އެތެރެކޮށް ވިއްކާ ބޭނުން ކުރުން އެމްއެފްޑީއޭ އިން ވަނީ މަނާކޮށްފައެވެ.

މަނާކޮށްފައިވާ ބޭބީބަޔޯ މަރުކާގެ އިންފެންޓް ފޯމިއުލާގެ ބެޗްތައް:
ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900932ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 894408ބޭބީ ބަޔޯ އޮޕްޓިމާ 1- ބެޗް 900035ބޭބީ ބަޔޯ ކެޕްރިއާ 1- ބެޗް 899014

Advertisement

ކޮމެންޓް