Advertisement

އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެ

05 Feb 2026 | 14:33
ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ -

އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ސަރުކާރުގެ ބޯހިޔާވަހި ކަމުގެ ސްކީމުން ގޯއްޗަށް އެދި ކުރިމަތި ލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާގައި މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Advertisement

މިކަމަށް އިޝާރާތްކުރައްވާ ކުރެއްވި ޕޯސްޓެއްގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމަށް އޮތް ދަތިކަމުގައި ގިނަ ޢާއިލާތަކުން ބޭނުންވަނީ ފުލެޓު ކަމަށްވެފައި، ބިމުން އާއިލީ ތަނަވަސްކަމަށް ފުރުޞަތު ފަހިކުރުމަށް މާލެ ސަރަޙައްދުން ބިމަށް އެދި ހުށަހެޅުމަށް އާ ޕްރޮގްރާމެއް ހުޅުއްވާލައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި އިޢުލާންކުރައްވާފައިވާ ކަމަށެވެ.

އެގޮތުން ތިމާގެ އަނބިމީހާގެ ނުވަތަ ފިރިމީހާގެ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް ގޯއްޗަށް އެދި ކުރިމަތި ލެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 2022 ވަނަ އަހަރު ހުޅުވާލެވުނު ބިންވެރިޔާ ސްކީމުން ބިން ދެވުނު އެތައް ބަޔަކު ޢާއިލީ އަދި އެހެނިހެން މައްސަލަތަކާހެދި ވަކިން ގޯތި ލިބުމަށް އެދެމުންދާތީ، އެފަރާތްތަކުން މިހާރު ލިބިފައިވާ ގޯތި އެންމެން ރުހި، އެއްކޮށް ދޫކޮށްލަން އެއްބަސްވާނަމަ، ވަކި ވަކި ފަރުދުންނަށް ގޯތި ލިބޭ ގޮތަށް ކުރިމަތިލެވޭނެ

މިނިސްޓަރު ވިދާޅުވިއެވެ. 

ނަމަވެސް އަލަށް އިޢުލާނުކުރެވުނު ޕްރޮގްރާމުގެ ސަބަބުން މިހާރު ކުރިއަށްދާ ޢާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް