Advertisement

ހިޔާ އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާ ނިޒާމު މަރާމާތުކޮށް އާއިލާތައް އާންމު ދިރިއުޅުމަށް

04 Feb 2026 | 11:30
ފޭސް 2 ގައި އިމާރާތްކޮށްފައިވާ ހިޔާފްލެޓްތައް

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ނަރުދަމާ ނިޒާމު މަރާމާތުކޮށް އާއިލާތައް އާންމު ދިރިއުޅުމަށް ގެނެވިއްޖެއެވެ.

ހިޔާ ފްލެޓުގެ 5 ވަނަ ޓަވަރުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ ޖަނަވަރީ 30 ވަނަ ދުވަހުއެވެ.އެ ހާދިސާގައި އެ ޓަވަރުގެ މައި ފާހާނާ ހޮޅިއަށް ގެއްލުންވެ، ބައެއް އެޕާޓްމެންޓުތަކުގެ ފާހާނާ ބޭނުންނުކުރެވޭ ގޮތް ވަނީ ވެފައެވެ.އެ ހާދިސާއާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަނީ އެ ޓަވަރުގެ 31 އެޕާޓްމަންޓެއްގެ 148 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައެވެ.

Advertisement

އެގޮތުން އެ ހާދިސާގައި ގެއްލުންވި ނަރުދަމާގެ ނިޒާމު މަރާމާތުކޮށް ނިމި، ހުރިހާ އެޕާޓްމަންޓްތަކަކަށް ފެނާއި ކަރަންޓުގެ ހިދުމަތް އަލުން ދީފައިވާ ކަމަށް އެޗްޑީސީ އިން ހާމަކޮށްފައިވާ ކަމަށް އެންޑީއެމްއޭ އިން މިއަދު ވަނީ ބުނެފައެވެ.

"އެހެންކަމުން، މި ހާދިސާއާ ގުޅިގެން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދިން 31 އެޕާޓްމަންޓެއްގެ 148 މީހުންނަށް ދިން އެހީތެރިކަމުގެ މުއްދަތު މިއަދު ހަމަވުމާއެކު، އެ އާއިލާތައް އަނބުރާ އެމީހުންގެ އާންމު ދިރިއުޅުމަށް ރުޖޫޢަވާނެއެވެ." އެންޑީއެމްއޭ އިން ވަނީ ބުނެފައި ވެއެވެ.

Advertisement

ކޮމެންޓް