ސާފް މުބާރާތުން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 3 މިނެޓަށް ހަވާ އަރުވަނީ
"ސާފް ފުޓްސެލް ޗެމްޕިއަންޝިޕް 2026" ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ ހަވާއެރުވުމަށް ހަމަޖެހިފައި ވާކަމަށް އެމްއެނޑީއެފްއިން ބުނެފިއެވެ.
އެމްއެންޑީއެފްއިނ އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ، "ސާފް ފުޓްސަލް ޗެމްޕިއަންޝިޕް 2026''ގައި ގައުމީ ފުޓްސަލް ޓީމު ހޯދި ފަޚުރުވެރި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ 22:15އާއި 22:45އާ ދެމެދުގެ ވަގުތެއްގައި އާޓިފިޝަލް ބީޗާ ދިމާ ބޭރުން ހަވާ އެރުވުމަށް ހަމަޖެހިފައި ވާކަމަށެވެ.
އެމްއެނޑީއެފްއިން ބުނީ ހަވާ އެރުވުމުގެ ހަރަކާތް ކުރިއަށްދާނީ ގާތްގަނޑަކަށް 3 މިނެޓެއް ހާއިރުކަމަށެވެ.
ތާރީހުން ޖާގަހޯދާ ސާފްއިން ފުރަތަމަ ފަހަރަށް ބޭއްވި ފިރިހެން ފުޓްސެލް ޗެމްޕިއަންޝިޕް ރާއްޖެއިން ކާމިޔާބުކޮފައިވަނީ، ކުޅުނު ހުރިހާ މެޗަކުން ކުރި ހޯދައި ބޫޓާނާއި ދެކޮޅަށް ކުޅުނު މެޗު 3-1ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.