ނިމިދިޔަ އަހަރު ރާއްޖޭގެ މައި އެއާޕޯޓުން ޚިދުމަތްދިން ފަސިންޖަރުންގެ އަދަދު 8.2 މިލިއަނަށް
ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖޭގެ މައި އެއާޕޯޓު ކަމަށްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޚިދުމަތް ދީފައިވާ ފަސިންޖަރުންގެ އަދަދު 8.2 މިލިއަނަށް އަރާފައި ވާކަމަށް އެ އެއާޕޯޓުން ބުނެފިއެވެ.
އެ އެއާޕޯޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމިދިޔަ އަހަރު އެ އެއާޕޯޓުގެ އިންޓަނޭޝަނަލުން ޓާމިނަލުން 5.38 ފަސިންޖަރުންނަށް ޚިދުމަތް ދީފައިވެއެވެ. އަދި ޑޮމެސްޓިކް ޓާމިނަލުން 1.17 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައި ވާއިރު ސީޕްލޭން ޓާމިނަލުން 1.17 ފަސިންޖަރުންނަށް ޚިދުމަތް ފޯރުކޮށްދީފައިވެއެވެ.
ވީއައިއޭއިން ހާމަކޮށްފައިވާ އެ އެއާޕޯޓުގެ ތަފާސްހިސާބުތައް/ ފޮޓޯ: ވީއައިއޭ
ނިމިދިޔަ އަހަރު އެ އެއާޕޯޓުގައި 249.214 އެއާ ޓްރެފިކް މޫވްމެންޓް ރެކޯޑް ކުރެވިފައި ވާއިރު މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 8 ޕަސެންޓް އިތުރު އަދަދެކެވެ.
އޭގެތެރޭގައި 34،868 އިންޓަނޭޝަނަލް މޫވްމެންޓް ހިމެނޭއިރު 185،998 ސީޕްލޭން މޫވްމެންޓާއި 28،348 ޑޮމެސްޓިކް މޫވްމެންޓް ހިމެނެއެވެ.