Advertisement

ރާއްޖޭގެ ކަނޑުތަކާ މެދު ހޭލުންތެރިކަން އުފެއްދުމުގެ މަގުސަދުގައި "އެކްރޮސް މޯލްޑިވްސް" އިން ކުރާ ޑައިވްގައި އުރީދޫއިން ބައިވެރިވެއްޖެ

23 Jan 2026 | 13:33
-

ކަނޑުތައް ހިމާޔަތް ކުރުމަށް އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ރެކޯޑް މުގުރާލުމަށް "އެކްރޮސް މޯލްޑިވްސް" އިން ކުރަމުންދާ އަޑީ ސީ އެކްސްޕެޑިޝަނެއްގައި ދުނިޔޭގެ ރެކޯޑް މުގުރާލުމަށް ކުރަމުންދާ މަސައްކަތުގައި ބައިވެރިވުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ.  460 ކިލޯމީޓަރަށް ދިގު މި ދަތުރުގައި 90 ގަޑިއިރަށް ވުރެ ދިގު މުއްދަތަކަށް ކަނޑުއަޑީގައި ދަތުރު ކުރާނެއެވެ. މި ހަރަކާތުގެ މަޤްޞަދަކީ ރާއްޖޭގެ ކަނޑުގެ ދިރުންތައް ޙިމާޔަތްކުރުމާއި، ކަނޑުތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމެހެއްޓުމަށް އާންމުން ހޭލުންތެރިކުރުވުމެވެ.

ޑިޖިޓަލް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫ މޯލްޑިވްސް އިން މި އެކްސްޕެޑިޝަނަށް އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ޑިޖިޓަލް ކަނެކްޓިވިޓީގެ ޒަރިއްޔާއިން ރާއްޖޭގެ ކަނޑުތަކުގެ ވާހަކަ މުޅި ދުނިޔެއާ ހިއްސާ ކުރެވިގެންދާނެ އެވެ. މި ޕާޓްނަރޝިޕްގެ ސަބަބުން އުރީދޫ މޯލްޑިވްސްއިން ދެމެހެއްޓެނިވި ގޮތެއްގައި މުޖުތަމައުގައި ކުރިއަށްދާ އިނޮވެޓިވް މަސައްކަތްތަޢް ކުރިއެރުވުމަށް ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދެއެވެ. އުރީދޫއިން ދަނީ ޓެކްނޮލޮޖީ އާއި މުޖުތަމައަށް ފައިދާ ކުރަނިވި ކަންކަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރަނގަޅު ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

Advertisement

މި ޑައިވް އެކްސިޝަންގެ ސަބަބުން ރާއްޖެއަކީ ދުނިޔޭގެ މަޝްހޫރު ފަތުރުވެރިކަމުގެ މަންޒިލެއްގެ އިތުރުން ކަނޑުތައް ހިމާޔަތްކުރުމުގައި ބައިނަލްއަޤްވާމީ ޗެމްޕިއަން ޤައުމަކަށްވެގެންދާނެ ކަމަށް ބެލެވެއެވެ..

Advertisement

ކޮމެންޓް