Advertisement

ރޯދަމަހަށް މާލެގައި ދަނޑުވެރީންގެ ވަގުތީ މާރުކޭޓެއް

22 Jan 2026 | 16:50
ލޯކަލް މާރުކޭޓުގެ ތެރެއިން - ފައިލް ފޮޓޯ: ދުވަސް

އަންނަ ރަމަޟާން މަހާއި ދިމާކޮށް މާލޭގައި ދަނޑުވެރީންގެ ވަގުރީ މާރުކޭޓެއް ގާއިމްކުރުމުގަ މަސައްކަތް ކުރަމުން އަންނަ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބުނެފިއެވެ.

އެ ވުޒާރާއިން ބުނީ ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ އަތޮޅުތަކުން އުފައްދާ ދަނޑުވެރިކަމުގެ ބާވަތްތައް، ގިނަ އަދަދަކަށް މާލެ ގެނެވޭ މަހެއް ކަމަަށެވެ. އެހެންކަމުން އަލަށް ގާއިމްކުރާ ވަގުތީ މާރުކޭޓަކީ، ދަނޑުވެރިން އުފައްދާ ތަކެތި މާލެ ގެނެސް ވިއްކުމަށް ލުއިފަސޭހަ ގޮތެއް ހޯދައިދިނުމުގެ މަޤްސަދުގައި ކުރެވޭ މަސައްކަތެއް ކަމަށެވެ.

Advertisement

ރަމަޟާން މަހަށް ޚާއްސަކޮށްގެން ދަނޑުވެރިން އުފައްދާފައިވާ ތަކެތި ވިއްކުމަށްޓަކައި ވަގުތީ މާރުކޭޓެއް މާލެ ސަރަޙައްދުގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރެވެމުން ދާކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އެ ވުޒާރާއިން ބުނީ މި މާރުކޭޓަކީ މާލެ އަންނަ ދަތުރުވެރިންނަށް އަމާޒު ކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ މާރުކޭޓެއް ކަމަށެވެ.

ދުވަހަށް މައުލޫމާތު ދެމުން އެ ވުޒާރާގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދަނޑުވެރީންނަށް ހާއްސަކޮށްގެން ގާއިމްކުރާ ވަގުތީ މާރުކޭޓަކީ ހަމައެކަނި ރަށްރަށުގައި ދަނޑުވެރީން ހައްދާތަކެތި ޑައިރެކްޓްކޮށް ވިއްކުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ގާއިމްކުރާ ތަނެއް ކަމަށެވެ. 

"ރަށްރަށުގަ ހައްދާތަކެތި ދަނޑުވެރީންނަށް ޑައިރެކްޓްކޮށް ވިއްކޭނެ ގޮތެއް އަޅުގަނޑުމެން މި ހޯދަދެނީ. އެއީ މި މާރުކޭޓުގަ ކޮންމެ ރަށަކުން ގެންނަ ތަކެތި ވިއްކުމަށްވެސް އެ ރަށެއްގެ ދެ މީހަކަށް ހުރެވޭ ގޮތަށް އިންނާނެ. އަޅުގަނޑުމެންގެ ސާކިއުލާގަވެސް އިންނާނެ ކައުންސިލްތަކުން އެ ރަށެއްގެ ގޮޅީގައި ތިބޭނެ 2 މީހެއްގެ މައުލޫމާތު ފޮޓޯއާއި އެއްކޮން ފޮނުވަން ބުނެފަ." މީޑިއާ އޮފިޝަލް ވިދާޅިވިއެވެ. 

އެހެންކަމުން ދަނޑުވެރި ރަށްރަށުން އުފައްދާ ތަކެތި އެ މާރުކޭޓުގައި ވިއްކުމުގެ ފުރުސަތު އެބައޮތް ކަމަށާއި މާރުކޭޓުގައި ތަކެތި ވިއްކުމަށް ޝައުގުވެރިވާ ރަށްރަށުގެ ކައުންސިލްތަކުން ދަނޑުވެރީންނާއި ގުޅިގެން އެ ވުޒާރާއަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ. 

އެހެންކަމުން ޝައުވެރިވާ ކައުންސިލްތަކުން މިމަހުގެ 29ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރީން އެ ވުޒާރާގެ އީމެއިލް [email protected] އަށް މެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ. އަދި އިތުރު މައުލޫމާތު ހޯއްދެއްވުމަށް އެ މިނިސްޡޓްރީގެ ނަމްބަރު 3309390/ 3309394 އަށް ގުޅުއްވާ މައުލޫމާތު ސާފުކުރެވޭނޭ ކަމަށްވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް
ގަލަން
މިތަން ދޭނީ ބަނަގާލީންނަށް ދިވެހިންނަކަށް ނުދޭނެ
22 Jan 2026