ރޯދަމަހު ސްކޫލު ކުދީންނަށް ކިޔަވައިދޭނީ ފުރަތަމަ ހަފްތާގައި
ކުރިއަށްއޮތް 1447 ވަނަ އަހަރުގެ ރަމަޟޯންމަހުގެ ދެވަނަ ހަފްތާއިން ފެށިގެން ސްކޫލުތައް ބަންދުވާނޭ ކަމަށް އިއްޔެ ނެރުނު އެކަޑަމިކް ކަލަންޑަރުން ދައްކައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން އިއްޔެ ވަނީ މި ފެށޭ ދިރާސީ އަހަރުގެ އެކަމިކް ކަލަންޑަރު އާންކުކޮށްފައެވެ. ކަލަންޑަރުން ދައްކާގޮތުގައި އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭނީ މި މަހުގެ 27ވާ އަންނަ ހަފްތާގެ އަންގާރަ ދުވަހުގައެވެ.
ސަރުކާރު ބަންދު ދުވަސްތަކާއި ސްކޫލްތަކުގައި ކިޔަވައިދޭ ދުވަސްތަކާއި ބަންދު ދުވަސްތައް ވެސް ކަލަންޑަރުގައި އާންމުކޮށްފައި ވާއިރު މި އަހަރުގެ ރޯދަމަސް ފެށެނީ އަންނަ ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުގައެވެ.
ކަލަންޑަރުގައި ވާގޮތުން މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށްވަނަ ދުވަހާހަމައަށް ދަރިވަރުން ސްކޫލަށް ދާކަށް ނުޖެހެއެވެ. އެ ދުވަސްތައް މާކުކޮށްފައި ވަނީ ޕީޑީޑޭސްގެ ގޮތުގައެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން އިއްޔެ ނެރެފައިވާ ދިރާސީ އައު އަހަރުގެ އެކަޑަމިކް ކަލަންޑަރު/ ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ
މާޗްމަހުގެ ނުވަވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހާ ހަމައަށް ރޯދަމަހުގެ ފަހު 10އަކަށް ބަންދުކޮށްފައި ވާއިރު 19 ވަނަ ދުވަހުން ފެށިގެން ފަސްދުވަސް ބަންދުކޮށްފައި ވަނީ އީދު ބަންދުގެ ގޮތުގައެވެ. އެހެންކަމުން ރޯދަމަހުގެ ދެވަނަ ހަފްތާއިން ފެށިގެން ދަރިވަރުން އަނބުރާ ސްކޫލަށް ނިކުތުމާ ދެމެދު 24 ދުވަހުގެ ޗުއްޓީއެއް ލިބިގެންދެއެވެ.
އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން ރޯދަމަސް ނިންމާ ދަރިވަރަުން އެނބުރި ސްކޫލަށް ދާންޖެހެނީ މާޗް މަހުގެ 23 ވަނަ ދުވަހުގައެވެ.