Advertisement

ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް ހޮނިހިރު ދުވަހު ފެށޭނެ

22 Jan 2026 | 12:08
ނިމިދިޔަ އަހަރު ރޯދަ ހަދިޔާ ބެހުމުގެ ތެރެއިން/ ފޮޓޯ: ސަން

އަންނަ ރަމަޟޯން މަހަށް ސަރުކާރުން ކޮންމެ ގޭބިސީއަކަށް ބެހުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް އަންނަ ހޮނިހިރު ދުވަހު ބަހަން ފެށޭނޭ ކަމަށް ސިޓީތަކާއި އިދާރީ ހިންގުތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ. 

ވަޒީރު މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށްޓަކައި ސަރުކާރުން ކޮންމެ ގޭބިސީއަކަށް ދިނުމަށް ހަމަޖެހިފައިވާ ރޯދަ ހަދިޔާ ބެހުން، 24 ޖެނުއަރީ (އަންނަ ހޮނިހިރު ދުވަހުގައި) ގައި މުޅި ރާއްޖޭގައި ފެށޭނެ ކަމަށް ބުނެފައެވެ.

Advertisement

އެގޮތުން ގްރޭޓާ މާލޭގެ 15 ތަނަ ތަނަކުން ރޯދަ ހަދިޔާ ދޫކުރާނެއެވެ.

އާޭގެތެރޭގައި:

މިފްކޯ މަރުކަޒު

ސޯޝަލް ސެންޓަރު

އެމްޓީސީސީ ސޯމިލް

ހެންވޭރު ސޯމިލް

ގަލޮޅު ބޯޅަ ދަނޑުގެ ހަތަރު ފަރާތް

އުމަރު ޒާހިރު ބިލްޑިންގް

ޕޮލްކޯ ޓަވަރުގެ ތިރިން

މުހައްމަދު ގާސިމް ޕްރީސުކޫލް

ކާމިލްދީދީ ސުކޫލު

ހިޔާ ޓަވަރު ދިހައެއް

ވިނަރެސް ފުލެޓުން

ވިލިމާލެ ވެމްކޯ ސައިޓުން

އަންނަ ހޮނިހިރު ދުވަހުގެ ރޭ މަސް ކޭސްތައް ބަހަން ފަށާއިރު، ކިއުގައި ނުޖެހި ޕޯޓަލް http://roadhahadhiya.mv މެދުވެރިކޮށް ޓޯކަން ނަމްބަރެއް ނަގައިގެން ރޯދަ ހަދިޔާ ލިބޭނޭ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

މުޅި ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ބޭނުންވާ 118673 މަސްދަޅު ކޭސް މިހާރު ވަނީ ތައްޔާރު ކުރެވިފައި ވާކަމަށާއި ހުރިހާ ގޭބިސީތަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރުރު ވަނީ ވިދާޅުވެފައެވެ.

Advertisement

ކޮމެންޓް