ޖުމްލަ 5 ރަށެއްގައި އިސްލާމީ މަރުކަޒާއި މިސސްކިއްތަށް އެޅުމަށް އެއްބަސްވުމުގައި ސޮއިކޮށްފި
ޖުމްލަ 5 ރަށެއްގައި އިސްލާމިކް ސެންޓަރާއި މިސްކިތުގެ އިތުރުން ޤުރްއާން ކިޔަވައިދޭ ސެންޓަރުތައ ގާއިމްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތުގައި 3 ރަށެއްގައި އިސްލާމިކް ސެންޓަރު އެޅުމަށާއި 2 ރަށެއްގައި މިސްކިތަކާއި ޤުރްއާން ކިޔަވައިދޭ ސެންޓަރެއް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އޭގަތެރޭގައި ހިމެނެނީ:
* ހއ. އިހަވަންދޫގައި އިސްލާމިކް ސެންޓަރު
* ޅ. ނައިފަރު އިސްލާމިކް ސެންޓަރު
* ގއ. ވިލިނގިލީގައި އިސްލާމިކް ސެންޓަރު
* ކ. ގުޅީގައި މިސްކިތް
* ގއ. ވިލިނގިލީގައި ޤުރުއާންސެންޓަރު
މި ފަސް ޕްރޮޖެކްޓްވެސް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފައި ވާއިރި މިނިސްޓްރީގެ ފަރާތުން މި ފަސް ޕްރޮޖެކްޓުގައިވެސް ސޮއިކޮށްފައި ވަނީ އިސްލާމިކް މިނިސްޓާ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ.