Advertisement

އޯލެވެލް ނިންމާ ދަރިވަރުންނަށް ހާއްސަކޮަށްގެން އެމްއެންޔޫއިން ވަންސްޓޮޕް އެޑްމިޝަން މިއަދާއި މާދަމާ ހަވީރު

21 Jan 2026 | 10:22
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ --

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމްއެންޔޫއިން) މިއަދާއި މާދަމައަށް ބަހާލައިގެން "ވަން ސްޓޮޕް އެޑްމިޝަން" އިވެންޓް މިއަދާއި މާދަމާ ކުރިއަށްދާނެއެވެ. 

ޔުނިވާސިޓީއިން ބުނީ މި އިވެންޓު ކުރިއަށްދާނީ ޔުނިވާސިޓީގެ ހުރިހާ ފެކަލްޓީ/ސެންޓަރުތަކާބެހޭ މަޢުލޫމާތު ފޯރުކޮށްދެވޭ ގޮތަށް، ބުދަ އަދި ބުރާސްފަތި ދުވަހުގެ 16:00 އިން 22:00 އަށް ކަމަށެވެ. އަދި މި އިވެންޓުގެ އެންމެ ބޮޑު މަޤްސަދަކީ، ތަޢުލީމީ ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުންވާ ފަރާތްތަކަށް، އެއް ތަނަކުން، އެއް ފަހަރާ ޔުނިވާސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުން ކަމަށް އެ ޔުނިވާސިޓީއިން ބުނެއެވެ.

Advertisement

އެގޮތުން މި އިވެންޓުގެ ތެރޭގައި، ޔުނިވަާސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި، އޯލެވެލް އަދި އޭލެވެލް ނަތީޖާތަކަށް ބެލުމަށްފަހު، ޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައިވެއެވެ.

އެހެންކަމުން މި ފުރުސަތުގެ ބޭނުން ހިފުމަށްޓަކައި، އިވެންޓަށް ވަޑައިގަންނަވާއިރު ނަތީޖާ ކަރުދާހުގެ އަސްލާއި އައިޑީ ކާޑު ގެންނެވުމަށް ޔުނިވާސިޓީއިން ވަނީ ހަނދާންކޮށްދީފައެވެ. އަދި ކޯސްތަކުން ޖާގަ ދޫކުރެވޭނީ ލިބެން ހުރި މިންވަރަކަށް ބަލައިގެން ކަމަށާއި މި އިވެންޓް ކުރިއަށްދާ ވަގުތު، އެއްވެސް ފީއަކާ ނުލައި މުޅިން ހިލޭ އެޓެސްޓްކޮށްދިނުމުގެ އިންތިޒާމް ވެސް ހަމަޖެހިފައި ވާކަމަށް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ފަންނީ ޤާބިލް ލެކްޗަރަރުންނާއެކު ތަފާތު އެތައް ދާއިރާ އަކުން ތަޢުލީމާއި ތަމްރީން ޕްރޮގްރާމުތަކެއް ހިންގަމުންގެންދާ ޔުނިވާސިޓީއެކެވެ. ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރަރުން، އެބޭފުޅުންގެ ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މަޢުލޫމާތުތާއި، މަތީ ތަޢުލީމު ހާސިލުކުރުމަށް ވާންޖެހޭ ތައްޔާރީތަކުގެ މަޢުލޫމާތު، އިވެންޓުގައި ބައިވެރިވާ ފަރާތްތަކާ ހިއްސާކުރައްވާނެ ކަމަށް ޔުނިވާސިޓީއިން ވަނީ ބުނެފައެވެ.

ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް، ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖާނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިން، އިކޮނޮމިކްސް، ޓީޗިން، ފިޝަރީސް، ނާސިން، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗާ، އިންޓީރިއާ ޑިޒައިން، އިންފޮމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިން، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ، ލޯ، އަދި މެޑިސިން ހިމެނެއެވެ.

ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރާސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މަޢުލޫމާތުވެސް މި އިވެންޓުން ލިބިގެންދާނެ ކަމަށް އެ ޔުނިވާސިޓީއިން ވަނީ ބުނެފައެވެ. 

Advertisement

ކޮމެންޓް