Advertisement

ރޯދައަށް މާލެ ސަރަހައްދުގެ މިސްތަކުގެ އާބާތުރަފިލުވުމުގެ މަސައްކަތް ފަށައިފި

21 Jan 2026 | 10:01
ސިޓީ ކައުންސިލުގެ މުއައްޒަފުން މިސްކިތްތައް މަރާމާތުކުރުމުގެ މަސައްކަތުގައި/ ފޮޓޯ: މާލޭ ސިޓީ ކައުންސިލް

ކުރިއަށްއޮތް ރަމަޟޯން މަހަށް ތައްޔާރުވުމުގެ ގޮތުން މާލެ ސަރަހައްދުގެ މިސްކިތްތަކުގެ އާބާތުރތަފިލުވާ ޒީނަތްތެރިކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.  

ސިޓީ ކައުންސިލުން ބުނީ ކުރިއަށް އޮތް 1447 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރުޙަބާ ކިޔުމުގެ ގޮތުން، އެ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ މިސްކިތްތަކުގެ އާބާތުރަ ފިލުވައި، ޒީނަތްތެރިކުރުމުގެ މަސައްކަތްތައް ވަރަށް ބާރު ސްޕީޑުގައި ކައުންސިލުން ކުރިއަށްގެންދާ ކަމަށެވެ. 

Advertisement

އެގޮތުން މި މަޝްރޫޢުގެ ދަށުން މާލެއާއި ހުޅުމާލޭގެ އެކި މިސްކިތްތަކުގައި ތަފާތު މަސައްކަތްތައް މިހާރު ކުރަމުންދާކަމަށާއި އޭގެ ތެރޭގައި ހިމެނޭ މައިގަނޑު ކަންތައްތަކަކީ:

* ހުޅުމާލެ މަސްޖިދުލް ޘާނީ: މިސްކިތުގައި މައިޒާނެއް ތަރައްޤީކުރުން.

* ހުޅުމާލެ މަސްޖިދުލް ޚައްތާބު: ފުރާޅު މަރާމާތުކުރުމާއި އާބާތުރަ ފިލުވުން.

* މާލޭ ތަޤްވާ މިސްކިތް، މާފަންނު އާ މިސްކިތް އަދި އިބްރާހިމީ މިސްކިތް: ގޯތިތެރޭގައި ގަސްއިންދައި ފެހިކުރުމާއި ޒީނަތްތެރިކުރުމުގެ މަސައްކަތް.

* ހުޅުމާލޭ މަސްޖިދުލް މުޙައްމަދު: ތިރީބައިގެ ދޮރުތަކުގައި ޑިޒައިން ސްޓިކާ ހަރުކުރުން.

މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވީ، ރަމަޟާން މަހަކީ ގިނަ ބަޔަކު އަޅުކަމުގައި ވަގުތު ހޭދަކުރާ މަހަކަށްވާތީ، މިސްކިތްތަކަކީ ހިތްގައިމު ސާފުތާހިރު ތަންތަނުގެ ގޮތުގައި ބެހެއްޓުމަށް ކައުންސިލުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމަށެވެ.

އެގޮތުން މިސްކިތްތައް މަރާމާތު ކުރުމުގެ އިތުރުންވެސް، މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމާއި، ނަމާދުކުރާ ފަރާތްތަކަށް ލުއިފަސޭހަ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް މަސައްކަތް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

ކޮމެންޓް