އަދިވެސް ހަށިގަނޑުގއި ހިތްވަރާއި ފަންވަރު އެބަހުރި، ޤައުމު ގޮވާލި ކޮންމެ ޚިދުމަތެއް ކުރުމަށް ފަސްނުޖެހި ކުރިމަތިލީން: ޖަލީލް
އަދިވެސް ހަށިގަނޑުގައި ހިތްވަރާއި ފަންވަރު އެބަހުރިކަމަށާއި ގައުމު ގޮވާލި ކޮންމެ ޚިދުމަތެއް ކުރުމަށް ފަސްނުޖެހި ކުރިމަތިލައްވާނެ ކަމުގައި ވެރިކަންކުރާ ޕާޓީ އަދި ރާއްޖޭގެ އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ ޕީޕަލްސް ނެހެޝެނަލް ކޮންގްރެސް ޕީއެންސީގެ ކެނޑިޑޭޓް މޫސާ އަލީ ޖަލީލު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވެފައިވަނީ ކޮންގްރެސް ޕާޓީގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.
ޖަލީލް ވިދާޅުވީ ރާއްޖޭގެ ވެރިރަށުގެ ކަންކަން ބެލެހެއްޓުމަށް، މޭޔަރުކަމުގެ މަގާމަށް ވެރިކަންކުރާ މައިޕާޓީއިން ނުވަތަ ރާއްޖޭގެ އެންމެ ބިޔަ ސިޔާސީ ޕާޓީއިން އިޚްތިޔާރުކުރެއްވުމަކީ މިހާތަނަށް އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ.
ޖަލީލް ވިދާޅުވީ އޭނާއަކީ ޕާޓީ ފަޚުރުވެރިވާނޭ ދިވެހި ރައްޔިރުން ބަލައިގަންނާނެ މުހިންމު ޚިދުމަތްތަކެއް މާލެއަށް ކޮށްދިނުމަކީ އޭނާގެ އެންމެ ބޮޑު އަޒުމްކަމަށެވެ. މާލެއަކީ ރާއްޖޭގެ އެންމެ މުހިންމު ސަހަރު ކަމަށާއި ނަމަވެސް ރައްޔިތުން އެދޭ އަމާޒަށް މާލޭ ސިޓީ ކައުންސިލް ހިނގަން ފެށީ 2021 ވަަނަ އަހަރުގައި ކަމަށެވެ.
ކޮންގްރެސް ޕާޓީގެ ކެމްޕެއިން އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާޓުގައި ރިޓަޔާޑް މޫސާ އަލީ ޖަލީލް ވާހަކަ ދައްކަވަނީ/ ފޮޓޯ: ފޭސްބުކް -- ޕީޕަލްސް ނެޝެނަލް ކޮންގްރެސް
ޖަލީލު ވިދާޅުވީ މޭޔަރުކަމުގެ ދަތުރަށް އޭނާ ކުރިމަތިލަނީ މާލޭގެ ރައްޔިތުން އެބޭފުޅެއްދެކެ އެންމެ ލޯބިވާ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ފިޔަވަޅުފުޅުމަތިން އެމަނިކުފާނު ހިންގެވި މަގު ހިޔާރުކޮށް، އެމަނިކުފާނުގެ ހިންމަތާއި ހިތްވަރު ނަމޫނާއަކަށް ބަލާނެ ކަމަށެވެ.
"މާލެ ސިޓީއަކީ ދުނިޔޭގެ ނިސްބަތުގައި އެންމެ ތޮއްޖެހުން ބޮޑު އެއް ސަހަރު. މި ސިޓީގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާއި އެންމެ ހެޔޮ ބަދަލުތައް، އަޅުގަނޑަށް ވަނީ ވަރަށް ރަނގަޅަށް އެނގިފައި." ރިޓަޔާޑް މޫސާ އަލީ ޖަލީލް
ޖަލީލް ވަނީ ރައްޔިތުންގެ ބައްދަލުވުންތަކުގައި އިންއިރު ހިތަށްވެތިވި ޝުއޫރުތައް ވަރަށްވެސް ގިނަކަމަށް ވިދާޅުވެފައެވެ. ގައުމީ ޚިދުމަތުގައި ރެއާދުވާލު ވަރަށް ބުރަކޮށް މަސައްކަތްކުރި އަދި އެހާމެ ބޮޑު ގުރުބާނީއެއްވި މީހެއްގެ ހައިސިއްޔަތުން އޭނާއަށް ދޭހަވީ ރިޓަޔާކުރައްވާފައި ހުރި މީހަކު އަލުން އަނބުރާ ނިކުންނަންވި ސަބަބު ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާގެ ހަށިގަނޑުގައި އަދިވެސް ހިތްވަރާއި ފަންވަރު އެބަހުރިކަމަށާއި ޚިދުމަތުގެ އެތަކެއް ތަޖުރިބާއެއްހުރި އޭނާކަހަލަ ހީވާގި މީހަކާއެކު މަސައްކަތް ކޮށްލަންވީ ވަގުތު މިހާރު މިއޮތީ އައިސްފައި ކަމަށެވެ. އޭނާގެ މުޅި ގައުމީ ޚިދުމަތުގެ ހަޔާތުގައި ކަމަކަށް ގޮވާލައިފިނަމަ ގައުމުގެ އިއްޒަތާއި އަބުރަށްޓަކައި އަބަދުވެސް ތައްޔާރަށް އެންމެ ކުރީގައި ހުރި މީހެއް މަށާއި ގައުމު ގޮވާލި ކޮންމެ ޚިދުމަތެއް ކުރުމަށް ފަސްނުޖެހި ކުރިމަތިލި މީހެއް ކަމަށެވެ.
ޕީއެންސީގެ ޓިކެޓުގައި ރިޑަޔާޑް ޖަލީލު ވާދަކުރައްވާކަން ހާމަކުރެއްވީ މީގެ މަހެއްހާ ދުވަސް ކުރީން އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާޙެވެ. ޕާޓީގެ ޓިކެޓުގައި ޖަލީލު އެކަނި ވާދަކުރައްވާތީ އޭނާއަށް ވަނީ ޓިކެޓު ކަށަވަރުވެފައެވެ.