ޕެސްޓް، ޓޯއި ފަދަ ފަންނާނުން ސޮއިކޮށްފައިވާ ލިމިޓަޑް އެޑިޝަން ޓީޝާޓް އުރީދޫ ފަން ރަން މިއުޒިކް ޝޯގައި ބަހާނެ
މާދަމާ ރެއަކީ ފޯރިގަދަ ރެއަކަށް ވެގެންދާނެއެވެ.
އުރީފޫ ފަން ރަން މިއުޒިކް ޝޯ މާދަމާ ރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި އޮންނާނެއެވެ.
ޝޯ ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ރޭ 08:00 ގައެވެ. ނިމޭނީ ރޭގަނޑު 12:00 ގައެވެ.
ޝޯގައި ކުޅޭ ބޭންޑްތަކުގެ ތެރޭގައި ހަބޭސް ބޮޑުބެރު، އިކުއެޓިކް ވައިބް، ސިމްބޮލިކް ރެކޯޑްސް އަދި ޓްރެފިކް ޖޭމް ހިމެނެއެވެ.
ޝޯގައި ބައިވެރިވާ ބޭންޑް ތަކުގެ މެމްބަރުން އުރީދޫ ފަން ރަންގެ ލިމިޓެޑް އެޑިޝަން ޓީޝާޓް ތަކުގައި މިހާރު ސޮއި ކޮށްފައިވާއިރު މި ޓީޝާޓް ތައް އެ ބޭންޑެއް ޕާފޯމް ކުރާއިރު ބެލުންތެރިންގެ ތެރެއަށް އުކަމުންދާނެއެވެ.