އުރީދޫ ފަން ރަން ކުޑަކުދިންގެ ހަވީރު 18 ޑިސެމްބަރުގައި ރޮބޯމޭން އާއެކު
އުރީދޫ ފަން ރަން ހަރަކާތްތައް ފެށުމުގެ ގޮތުން ބާއްވާ ކުޑަކުދިންގެ ހަވީރަކީ ކުޑަކުދިންނާއި އާއިލާތަކަށް ހާއްސަކޮށްގެން ބާއްވާ އުފާވެރި އިވެންޓްކެވެ.
މި ހަރަކާތް ކުރިއަށްދާނީ 18 ޑިސެމްބަރު 2025 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ. ކޮމިއުނިޓީ ފޯކަސްޑް ބްރޭންޑެއްގެ ހައިސިއްޔަތުން އުރީދޫއިން ދަނީ އާއިލާތައް އެއްތަނަކަށް އެއްވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެ ގިނަ ފުރުސަތުތަކެއް ފޯރުކޮށްދެމުންނެވެ. މި އަހަރުގެ ކުޑަކުދިންގެ ހަވީރުގައި ތަފާތު ގޭމްތަކާއި އިނާމުތައް ހިމެނިފައިވެއެވެ. އަދި ފްރީ ފްލައިން އެސޯސިއޭޝަނުން ވެސް މި ހަރަކާތުގައި މަކާއޯ ދޫނިތައް ދައްކާލާނެ އެވެ.
މި އިވެންޓުގައި އެންމެ ހާއްސަ އެއް ހަރަކާތަކީ ކުޑަކުދިންގެ ފެވަރިޓެއް ކަމައްވާ ރޮބޯމޭން ގެ ހަރަކާތެވެ. މި ހަރަކާތަކީ އުރީދޫ ފަން ރަން 2025 އަށް ތައްޔާރުވުމުގެ ގޮތުން ކުޑަކުދިންނަށް ހިތްފަސޭހަ، ހިތްގައިމު އަދި އާއިލާއާ ރައްޓެހި މާހައުލެއް ގާއިމްކޮށްދޭނެ އިވެންޓެކެވެ. ތަން: ސެންޓްރަލް ޕާކް، ހުޅުމާލެ ތާރީޚް: 18 ޑިސެމްބަރ 2025 ގަޑި: ހަވީރު 4:00 އިން 6:00 އަށް މި އިވެންޓަކީ ހިލޭ ކޮންމެ މީހަކަށް ވެސް ހުޅުވާލެވިފައިވާ އިވެންޓެކެވެ. އުރީދޫ ފަން ރަންގެ ހަރަކާތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް އުރީދޫ މޯލްޑިވްސް ސޯޝަލް މީޑިއާގައި ފޮލޯ ކުރައްވާށެވެ.