ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު ގައުމުތަކަށް އިތުރު ޗާޖަކާނުލާ އެމްފައިސާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ: އޫރިދޫ
ތޫފާން ސެންޔާރް އާއި ތޫފާން ދިތުއާ ސަބަބުން ގެއްލުން ލިބުނު ޤައުމުތަކަށް އެމް-ފައިސާ މެދުވެރިކޮށް، އެއްވެސް ފީއެއް ނުނަގައި ބައިނަލްއަޤްވާމީ މަނީ ޓްރާންސްފަރ ކުރެވޭނެކަން އުރީދޫ ފިންޓެކް މޯލްޑިވްސް އިން މިއަދު އިޢުލާންކޮށްފިއެވެ.
މި މަހު 1 ވަނަ ދުވަހުން 31 ވަނަ ދުވަހުގެ ނިޔަލަށް އެއްވެސް ޓްރާންސްފާ ޗާޖެއް ނުނަގާ ވަގުތުން ވަގުތަށް އަދި ރައްކާތެރިކަމާއެކު ލަންކާ، އިންޑޮނޭޝިއާ، މެލޭޝިއާ އަދި ތައިލެންޑަށް ފައިސާ ފޮނުވޭނެ ކަމަށް އޫރިދޫއިން ބުނެފައިވެއެވެ.
އޫރިދޫއިން ބުނީ، މި ލިމިޓެޑް ޓައިމް އޮފަރ ފަރުމާކޮށްފައި ވަނީ މި ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ އާއިލާތަކާއި މުޖުތަމައުތަކަށް އަވަސް އަދި ރައްކާތެރިކަމާއެކު މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އަދި އެމް-ފައިސާގެ އިންޓަނޭޝަނަލް މަނީ ޓްރާންސްފަރ (އައިއެމްއާރު) ހިދުމަތާއެކު ކަސްޓަމަރުންނަށް ފޯނުން ވަގުތުކޮޅެއްގެ ތެރޭގައި ރާއްޖެއިން ބޭރަށް ފައިސާ ފޮނުވޭނެ ކަމަށާއި، މި ޚިދުމަތަކީ މަނީގްރާމް އާ ޕާޓްނަރވެގެން ކުރިއަށް ގެންދެވޭ ޚިދުމަތެއް ކަމަށްވެސް އޫރިދޫއިން ބުނެފައިވެއެވެ.
- ތޫފާނުގެ އަސަރު ކޮށްފައިވާ ބައެއް ގައުމުތަކަށް ޓްރާންސްފާ ފީއެއް ނުނަގާނެ
- ދުވާލަކު 10،000 ޑޮލަރާ ހަމައަށް ޓްރާންސްފަރ ލިމިޓް
- ފޯމު ފުރަން ނުޖެހޭ، ސަފުގައި މަޑު ކުރަން ނުޖެހި ޑިޖިޓަލީ ފައިސާ ފޮނުވާލުން
- އެމްފައިސާ އެޕް މެދުވެރިކޮށް ރިއަލް ޓައިމް ޓްރާންސެކްޝަން ޓްރެކިން
އަދި ކަސްޓަމަރުން އެމްފައިސާ ވޮލެޓަށް ފައިސާ އެޅުމުން، ކަސްޓަމަރުންގެ މައުލޫމާތު ފުރިހަމަކޮށް، ޑިޖިޓަލްކޮށް ޓްރާންސްފަރ ފުރިހަމަކޮށް، ޑެލިވަރީ ސްޓޭޓަސް ބެލޭނެ ކަމަށް އޫރިދޫއިން ފާހަގަކޮށްފައިވެއެވެ.
މި ކަމާއި ގުޅޭގޮތުން އުރީދޫ ފިންޓެކް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވީ، ދިވެހިރާއްޖެއަކީ މި ސަރަޙައްދުގެ އަވަށްޓެރި ޤައުމުތަކާ ވަރަށް ގާތް ގުޅުމެއް އޮންނަ ޤައުމެއްކަމަށެވެ. އަދިި ރާއްޖޭގެ ގިނަ ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ގާތްތިމަގެ މީހުން މި ސަރަޙައްދުގެ ޤައުމުތަކުގައި ދިރިއުޅޭ ކަމަށެވެ. ޓްރާންސްފަރ ފީ އާނުލާ، ވަގުތުން ރައްކާތެރި ޑިޖިޓަލް ރެމިޓެންސްތައް ފޯރުކޮށްދިނުމުން، މި ދަތި އުނދަގޫ ދަނޑިވަޅުގައި އެހީއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
މީގެއިތުރުން ހާލިދު ވިދާޅުވީ، އޫރިދޫގެ އަމާޒަކީ ޓެކްނޮލޮޖީ އަކީ މާނަވީ މަގްސަދެއް ހާސިލް ކުރާ އެއްޗެއްކަން ކަށަވަރު ކުރުން، އެއީ މީހުން ގުޅުވާލުމާއި، މުޖުތަމައުތައް ވަރުގަދަކޮށް، އެންމެ މުހިންމު ވަގުތުތަކުގައި އަވަސް އެހީ ފޯރުކޮށްދިނުން ކަމަށެވެ.
އަދި މި އެހީގެ ސަބަބުން ޑިޖިޓަލް ފައިނޭންޝަލް ޚިދުމަތްތައް ބޭނުންކޮށް، މުޖުތަމައިއަށް އެހީތެރިވުމަށާއި، އިންކްލޫސިވިޓީ އަދި ސަރަޙައްދީ ގުޅުންތައް ބަދަހިކުރުމަށް އުރީދޫއިން ކުރަމުން އަންނަ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށްވެސް އެމްޑިީ ހަލީލް ވިދާޅުވެފައިވެއެވެ.