Advertisement

އުރީދޫ ފަން ރަން ގައި ބައިވެރިވެގެން "ދަ ކޮފީ ބީން އެންޑް ޓީ ލީފްއިން" ޚާއްސަ އިނާމުތަކެއް!

12 Nov 2025 | 12:45
-

އުރީދޫ ފަން ރަން ގައި ރެޖިސްޓަރ ވެގެން "ދަ ކޮފީ ބީން އެންޑް ޓީ ލީފް"އިން ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އޫރިދޫއިން ބުނީ މިއަހަރުގެ އުރީދޫ ފަން ރަން ގައި ދަ ކޮފީބީން އެންޑް ޓީ-ލީފް މޯލްޑިވްސްގެ ފަރާތުން ހާއްސަ އިނާމުތަކެއް ލިބޭ 250 ޓިކެޓު ފަންކިޓު ތަކުގެ ތެރޭގައި ފޮރުވިފައި ވާނެ ކަމަށެވެ.

Advertisement

މިގޮތުން އުރީދޫ ފަން ރަން 2025 ގައި ބައިވެރިވެ ފަން ކިޓު ގަންނަ ފަރާތަތަކަށް ގޯލްޑް، ޕާޕަލް ނުވަތަ ސިލްވަރ ޓިކެޓު ހޯދައި ހާއްސަ އިނާމުތަކެއް ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި ކަމަށް އޫރިދޫއިން ބުނެފައިވެއެވެ.

ޓިކެޓް1 ގޯލްޑެން ސްވިރލް ޓިކެޓް ގައި ހިމެނެނީ، ދަ ކޮފީ ބީން އެންޑް ޓީ ލީފްގައި އައިސް ބްލެންޑެޑް ބުއިންތައް އެއް އަހަރު ދުވަހުގެ ސަޕްލައިއެވެ. އެ އެވޯޑު ލިބޭ ފަރާތަކަށް 19 ޑިސެމްބަރު 2025 އިން 30 ނޮވެމްބަރ 2026 ގެ ނިޔަލަށް ކޮންމެ މަހަކު ދެ  އައިސް ބްލެންޑެޑް ބުއިން ހިލޭ ލިބޭނެ ކަމަށް އޫރިދޫއިން ބުންޏެވެ.

 5 ޕާޕަލް ޓިކެޓް ނަގާފަރާތްތަކަށް  ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސްގެ މެނޫގައި ހިމެނޭ ކޮންމެ މީހަކަށް ވެސް ފަސް ހޭންޑްކްރާފްޓެޑް ބުއިން ހިލޭ ލިބޭނެ ކަމަށާއި، އަދި 244 ސިލްވަރ ޓިކެޓްގައި ހިމެނެނީ، ކޮންމެ ބެވަރޭޖް އެއް ގަންނަ ކޮންމެ މީހަކަށް ފަސް ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެކަމަށެވެ.

ރަޖިސްޓްރޭޝަން އަދި ކިޓް އޮޕްޝަންސް، 210 ރުފިޔާ: ފަން ރަން ޓީޝާޓް، ރިސްޓްބޭންޑް، ކްލޯތު ބޭގް، އައިނު، މަލްޓި ޕާޕަސް ބަންޑަނާ އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ. މީގެއިތުރުން،  ސްޓޭންޑާޑް ކިޓް، 110 ރުފިޔާ: ފަން ރަން ޓީޝާޓަކާއި ރިސްޓްބޭންޑް އަދި ރީޔޫސަބަލް ފެންފުޅި ހިމެނެއެވެ.

ރަޖިސްޓްރޭޝަން ކުރުމުގެ ފުރުސަތު 14 ނޮވެމްބަރ 2025 ވާ ބުދަ ދުވަހުގެ 23:59 ގެ ނިޔަލަށް ވަނީ ހުޅުވާލާފައި ކަމަށް އޫރިދޫއިން ވަނީ އިއުލާނު ކޮށްފައެވެ. މި ފަން ރަންގައި ބައިވެރިވާ ފަރާތްތަކުން "ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް" ގެ ޓިކެޓް ހޯދައިގެން ހާއްސަ އިނާމުތަކެއް ލިބިގެންދާނެއެވެ.

ރަޖިސްޓްރޭޝަނާއި އިތުރު މައުލޫމާތު ހޯއްދެވުމަށް https://ore.do/funrun-2025.. 

Advertisement

ކޮމެންޓް