Advertisement

އާޒިމް ދެވަނަ ދައުރަކަށް ކެމްޕޭނު ފައްޓަވައިފި - ޝިއާރަކީ "ވާނެ - ކުރާނެ"

05 Nov 2025 | 10:59
ރޭގައި ކުރިއަށްގެންދިޔަ އާޒިމްގެ ކެމްޕޭނު ހަރަކާތުގެ ތެރެއިން - ފޮޓޯ: އާޒިމް ކެމްޕޭން ޓީމް

މާލެ ސިޓީީގެ މޭޔަރ އާދަމް އާޒިމް، ދެވަނަ ދައުރަކަށް ކެމްޕެއިން ފައްޓަވައިފިއެވެ.

ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރަން ނިންމަވާ މޭޔަރުކަމުގައި މިހާރު ހުންނެވި އާޒިމް ވަނީ ކެމްޕެއިން ފައްޓަވާ، އާޒިމްގެ ބައެއް ސަޕޯޓަރުންނާ ރޭ ބައްދަލު ކުރައްވާފައެވެ.

Advertisement

އޭރު މޭޔަރު ކަމުގައި ރައީސް މުއިއްޒު ހުންނަވާ، ރައީސްކަމުގެ މަގާމަށް  އިންތިހާބުވުމާ ގުޅިގެން މޭޔަރުކަމުން އިސްތިއުފާ ދެއްވުމުން ބޭއްވި ބައި އިލެކްޝަން ކާމިޔާބުކުރައްވައި އާޒިމް މަގާމުގެ ހުވާކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ 22 ވަނަ ދުވަހުއެވެ.

ކައުންސިލްތަކުގެ ދައުރުގެ ތެރެއިން ބާއްވާ ބައި އިލެކްޝަންތަކުގައި އިންތިހާބުކުރާ މެންބަރުންގެ ދައުރު ގުނަނީ ކައުންސިލްގެ ދައުރުން ބާކީ އޮތް މުއްދަތަށެވެ. އެހެންކަމުން، އަންނަ އަހަރުގެ މާޗް މަހު ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ވެސް އަލުން އިންތިހާބުކުރަންޖެހޭނެ އެވެ.

ރޭ ރަސްމީކޮށް އާޒިމް ކެމްޕެއިން ފައްޓަވާ، މިހާރު ނޫހަށް މައުލޫމާތު ދެމުން ވިދާޅުވީ، އެމްޑީޕީން މިހާތަނަށް އެ މަގާމަށް ޝައުގުވެރިކަން ފާޅުކޮށްފައި ވަނީ އޭނާ އެކަނި ކަމަށާއި އެހެންވެ ކެމްޕެއިން ހަރަކާތްތައް ރަސްމީކޮށް ފެއްޓެވީ ކަމަށެވެ.

އިދިކޮޅު އެމްޑީޕީން މޭޔަރު ކަމުގެ މަގާމަށް ނެރޭނެ ކެންޑިޑޭޓެއް ކަނޑައެޅުމަށް އަދި ޕްރައިމަރީއެއް ބާއްވާފައެއް ނުވެއެވެ.

މި ކެމްޕެއިން ހަރަކާތުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ، މި ވަގުތު ހުންނެވި ދެ އަހަރު ޓާމްގެ ތެރޭގައި، މާލޭގެ ރައްޔިތުން ދިމާވެފައިވާ ބޮޑެތި މައްސަލަތަކަށް ހައްލު ހޯދައިދެވިފައިވާ ކަމަށެވެ. އަދި ފެން ބޮޑުވުމަކީ މާލެއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށާއި އެކަމަށް ވެސް ބޮޑު ހައްލެއް ހޯދައިދެވިފައިވާކަމަށް އާޒިމް ވިދާޅުވެފައިވެއެވެ.

 އާޒިމް ފެއްޓެވިއިރު އަދި އެ މަގާމަށް ސަރުކާރުގެ ފަރާތުން ކުރިމަތިލައްވާނެ ބޭފުޅަކު ވެސް ނިންމާފައެއް ނުވެއެވެ. 

Advertisement

ކޮމެންޓް