އުރީދޫއަށް ތިންވަނަ ކުއާޓަރުގައި 180 މިލިއަންގެ ސާފު ފައިދާއެއް
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އުރީދޫއަށް 180 މިލިއަން ރުފިޔާގެ ސާފު ފައިދާއެއް ލިބިފައިވާ ކަން އެ ކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
އޫރިދޫއިން އާންމުކުރި މާލީ ހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޖުލައި މަހުން ސެޕްޓެމްބަރ މަހުގެ ނިޔަލަށް އެ ކުންފުންޏަށް 549 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު އެއީ ދެވަނަ ކުއާޓާރ އާއި އަޅާ ބަލާއިރު އެއް އިއްސަތައިގެ އިތުރުވުމެކެވެ.
އަދި ސާފު ފައިދާގެ ގޮތުގައި އޫރިދޫއަށް ލިބުނު 180 މިލިއަން ރުފިޔާއަކީ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު އަށް އިންސައްތައިގެ ކުރިއެރުމެކެވެ.
އެންމެ ބޮޑު ހިއްސާއެއް ލިބިފައިވަނީ މޮބައިލް ޚިދުމަތްތަކުން ކަމަށް އުރީދޫއިން ބުނެފައިވެއެވެ.
އެގޮތުން އުރީދޫގެ މޮބައިލް ޚިދުމަތްތަކުން އެ ކުންފުންޏަށް 404 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ. އަދި އުރީދޫއިން ފޯރުކޮށްދޭ އެންޓަޕްރައިޒް ޚިދުމަތްތަކާއި ފިކްސް ބްރޯޑްބޭންޑް ޚިދުމަތްތަކުން 143 މިލިއަން ރުފިޔާ ލިބިފައިިވާ ކަމަށް އޫރިދޫއިން އާއްމުކުރި މާލީ ހިސާބު ތަކުން އެނގެއެވެ.
މީގެ އިތުރުން މި އަހަރުގެ ތިން ވަނަ ކުއާޓަރުުގައި އުރީދޫ ހިންގުމުގެ ޚަރަދަށް 337 މިލިއަން ރުފިޔާ ޚަރަދުވެފައިވެއެވެ. ދެވަނަ ކުއާޓަރުގައި އުރީދޫ ހިންގުމުގެ ޚަރަދު ގޮތުގައި 348 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް އެ ރިޕޯޓުތަކުން ދައްކައެވެ.