އުރީދޫ އާ އަލަށް ގުޅޭ ކަސްޓަމަރުންނަށްވެސް ހައްޖު ދަތުރު ލިބުމުގެ ފުރުޞަތު
އުރީދޫ މޯލްޑިވްސް އަށް 20 އަހަރު ފުރުމުގެ މުނާސަބަތުގައި އެޕްރީލް މަހު ފަށައިގެން ކުރިއަށް ގެންދާ "ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން އަށް ކަސްޓަމަރަކަށް މިހާރު ވަނީ އުމްރާ ދަތުރު ލިބިފައެވެ.
މި ކެމްޕެއިންގެ ބޮޑު އިނާމެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ދެމީހަކަށް ހައްޖު ދަތުރެކެވެ. މި ކެމްޕެއިންގެ ހާއްސަ ކަމަކީ އަލަށް އުރީދޫއާ ގުޅޭ ކަސްޓަމަރުންނަށްވެސް މި ދަތުރު ކާމިޔާބުކުރުމުގެ ފުރުސަތު އޮތަކަމެވެ.
"ލިވް އަންލިމިޓަޑް" ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން 19 ކަސްޓަމަރުންނަށް އުމްރާ ދަތުރެއް ލިބިގެންދާނެކަމަށް އުރީދޫއިން ބުނެއެވެ. އެ ކުންފުނިން ބުނެފައިވާގޮތުގައި މި ހަރަކާތަކީ ކަނެކްޓިވިޓީގެ ބޭރުން އުރީދޫގެ ކަސްޓަމަރުންގެ އަގު ވަޒަންކޮށް އުރީދޫ އާއިލާއާ އަލަށް ގުޅުނު ފަރާތްތަކަށް ދައުވަތު ދިނުމެވެ.
މި ޑްރޯގައި ކަސްޓަމަރުން ބައިވެރިވޭނީ 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ތިރީގައި މިވާ ކަންކަން ފުރިހަމަކޮށްގެންނެވެ.
01. ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް 250 ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ހޭދަކުރުން.
02. އަލަށް ގުޅޭ ކަސްޓަމަރުން ބިލް ދެއްކުމަށް ނުވަތަ އެޑް-އޮން ކުރުމަށް މަދުވެގެން 400 ރުފިޔާ ހަރަދު ކުރެވޭނެއެވެ.
03. އުރީދޫގެ ހިދުމަތް (ކޯލް ނުވަތަ ޑޭޓާ) 30 ދުވަހުގެ ތެރެއިން މަދުވެގެން 25 ދުވަހު ބޭނުންކުރުން.
04. ޕޯސްޓްޕެއިޑް، ޕްރީޕެއިޑް އަދި ސުޕަރނެޓް ކަސްޓަމަރުންނަށް މި ޕްރޮމޯގައިބައިވެރިވެވޭނެއެވެ.
05. މި ޑްރޯގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހުރިހާ ކަސްޓަމަރުން އޮޓަމެޓިކުން ގުރުއަތު ނެގުމަށް ހަމަޖެހިފައިވާއިރު، ކެމްޕެއިން މުއްދަތުގެ ތެރޭގައި ނަސީބުވެރިން ހޮވޭނެއެވެ.
މި ކެމްޕެއިނާ ގުޅޭގޮތުން އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ ހުސައިން ނިޔާޒް ވިދާޅުވީ ލިވް އަންލިމިޓަޑް ކެމްޕޭނާއެކު އުރީދޫގެ އަމާޒަކީ އުރީދޫގެ މިހާރުގެ ކަސްޓަމަރުން އަދި އަލަށް ގުޅޭ ކަސްޓަމަރުންގެ އަގުވަޒަން ކުރުން ކަމަށެވެ.
"މި ކެމްޕޭނުން ދައްކުވައިދެނީ ޓެކްނޮލޮޖީ އާއި ކަނެކްޓިވިޓީއިން ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަ ކުރުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދެވިދާނެކަން" ނިޔާޒް ވިދާޅުވިއެވެ.
އުރީދޫ މޯލްޑިވްސްގެ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، އުރީދޫއިން އަބަދުވެސް ދަނީ ކަސްޓަމަރުންނަށް ފުރިހަމަ ކަނެކްޓިވިޓީއާއެކު ދިރިއުޅުން ފުރިހަމަކޮށްދެވޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދެމުންނެވެ.