Advertisement

މެޓުން ބުނަނީ ހުޅަނގު މޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްކަމަށް

12 Oct 2025 | 17:35
މާލެ ސަރަހައްދަށް ބޯކޮށް ވިއްސާރަކުރި ދުވަހެއް - އާކައިވް ފޮޓޯ: ދުވަސް

ރާއްޖެ ސަރަހައްދުގައި ހުޅަނގުމޫސުމުގެ ބާރުގަދަވެ ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްކަމަށް މެޓުން ބުނެފިއެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން މިހެން ބުނެފައިވަނީ މިއަދު ނެރެފައިވާ މޫސުމީ އަދާހަމައެއްގައެވެ. އެ އަދާހަމައިގާ މެޓުން ބުނެފައިވަނީ ރާއްޖެ ސަރަހައްދަށް ހުޅަނގުމޫސުމުގެ ބާރުގަދަވެ، ޚާއްސަކޮށް ދެކުނާއި މެދުރާއްޖެތެރޭ ހިމެނޭ ސަރަހައްދަށް، ވައި ބާރުވުމާއެކު ކަނޑުތައް ގަދަވެ، ވިއްސާރަކުރާނެކަމަށް ލަފާކުރެވޭތީ، އެންމެން އަދި ޚާއްސަކޮށް ދަތުރުވެރިން، މޫސުމާއިބެހޭ އެންމެ ފަހުގެ މަޢުލޫމާތު އަދާހަމަ ކުރުމާއެކު މޫސުމަށް ސަމާލުވުމަށް ދަންނަވާކަމެވެ.

Advertisement

ވައިބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވެގެންދާނެ ކަމަށާއި އާންމުކޮށް ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް އަދި ބޮޑުބަޔަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް މެޓުން ލަފާކުރެއެވެ. އަދި ހަމަ އެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާކަމަށްވެސް މެޓުން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް