Advertisement

އެއީ ހަމަ ހުސް ދޮގު - މި ކުރާ ދަތުރުގައި ބޮލަކަށް ކުރާ ޚަރަދުގެ ޢަދަދު 25 ހާހާ ގާތްވެސް ނުކުރާނެ: ފިއްލަދޫ ކައުންސިލު ރައީސް

08 Oct 2025 | 15:27
ފިއްލަދޫ ކައުންސިލް ރައީސް ފުވައްމުލައް ސިޓީގައި - ފޮޓޯ: ފުވައްމުލައް ސިޓީ ކައުންސިލް

ފިއްލަދޫ ކައުންސިލުން މިހާރު ފުވައްމުލައް ސިޓީއަށް ކުރަމުން އަންނަ ދަތުރުގައި ބައިވެރިންގެ ޚަރަދަށް ބޮލަކަށް 25 ހާހާ ގާތަށްވެސް ނާރާނެ ކަމުގައި އެ ކައުންސިލުގެ ރައީސް ފަތުހުﷲ ހަސަން ވިދާޅުވެއްޖެއެވެ.

ދުވަހަށް މަޢުލޫމާތުދެއްވަމުން އޭނާ ވިދާޅުވީ ކައުންސިލުގެ ފަސް މެންބަރުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަސް މެންބަރުންނާއި އިދާރީ މުވައްޒަފުން ހިމެނޭހެން ފުވައްމުލައް ސިޓީއަށް މިހާރު ދަތުރެއް ފަށާފައިވާކަމަށާއި މިހާރު ތިބީ އެ ސިޓީގައި ކަމަށެވެ.

Advertisement

ނަމަވެސް މިއަދު ނޫހެއްގައި އެ ދަތުރުގައި ބޮލަކަށް 25 ހާސް ރުފިޔާގެ މަގުން ބައި މިލިޔަނެއްހާ ރުފިޔާ ޚަރަދުކުރާކަމަށް ރިޕޯޓުކޮށްފައިވާއިރު އެއީ ބުހުތާނު ދޮގު ކަމުގައި ވިދާޅުވިއެވެ.

"އެ އަދަދާ ގާތްވެސްނުކުރާނެ، އެ ނޫހާމެދު ޤާނޫނީ ފިޔަވަޅުވެސް އަޅާނަން" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ނަމަވެސް ޢަދަދު އަދި ހާމަކުރަން ބޭނުންފުޅު ނުވާކަމުގައި ވިދާޅުވިއެވެ. ވިދާޅުވީ ޢަދަދު ހާމަކުރާނީ ދަތުރު ނިންމާލުމަށްފަހުގައިކަމަށެވެ.

"ވަޒީރުންނާ ރައީސުންވެސް ކަންކަމުގައި ދަތުރުފުޅު އެ ކުރައްވަނީ ނޫންތޯ؟" ކައުންސިލް ރައީސް ވިދާޅުވިއެވެ.

ދަތުރުގެ މަގުޞަދާމެދު ކައުންސިލްގެ ރައީސް ވިދާޅުވީ އެފަދަ ސިޓީއަކަށް މިފަދަ ތަޖުރިބާ ދަތުރެއް، ޚާއްޞަކޮށް އިދާރީ މުވައްޒަފުންނަށް މިފަދަ ތަޖުރިބާ ދަތުރެއްގެ މުހިންމުކަން އިންތިހާ ބޮޑުކަމަށެވެ. އެގޮތުން ފުވައްމުލައް ސިޓީއަކީ ފަތުރުވެރިކަމަށް ފަރިތަ ރަށަކަށް ވެފައި ކުޅިފަދަ ތަންތަން ފިއްލަދޫގައިވެސް އޮންނައިރު އިދާރީ ތަޖުރިބާ ބޮޑު ކަމަށް ގަބޫލުފުޅުކުރައްވާކަމަށެވެ. ޓޫރިޒަމަށް ފިއްލަދޫން ބިންތަކެއް ހުޅުވާލައި އެ ބިންތައް ދޫކުރުމުގެ މަސައްކަތް ފަށައިގެން އުޅޭއިރު ތަޖުރިބާގެ މި ދަތުރު އިންތިހާ މުހިންމު ކަމުގައި ކައުންސިލް ރައީށް ފާހަގަކުރެއްވިއެވެ.

Advertisement

ކޮމެންޓް
އިއްބެ
މަނުގެންދިޔައީމަ ވީގޮތް
08 Oct 2025
ޢިއްސެ
ފިއްލަދޫގައި ބިންތައްނެގީ ކައުންސިލް އާގުޅިފަތިބިމީހުން ބޮޑު ޖަރީމާއެއް
08 Oct 2025